ކ. މާލެ
|
12 ޖެނުއަރީ 2018 | ހުކުރު 18:34
އީޔޫގެ ވަފުދާއެކު ބަންޑާރަ ނައިބާއި ހޯމް މިނިސްޓަރު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އީޔޫގެ ވަފުދާއެކު ބަންޑާރަ ނައިބާއި ހޯމް މިނިސްޓަރު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
އީޔޫ - ދިވެހިރާއްޖެ
އީޔޫގެ ވަފުދާ، ރައީސް ޔާމީނާއި އުއްތަމަ ފަނޑިޔާރު ބައްދަލެއް ނުކުރެއްވި!
ވަފުދުން ކުރި ދަތުރަކީ އިންތިހާބަށްފަހު ހުށައެޅި ރިކޮމެންޑޭޝަންތައް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމަށް ކުރި ދަތުރެއް
ބައެއް އިދާރާތަކުގެ އިތުރުން ސިޔާސީ ޕަޓީތަކާއި ބައްދަލުކޮށްފައިވޭ
އެ ފަރާތަށް ފާހަގަކުރެވުން ކަންތައްތަކުގެ ފުރިހަމަ ރިޕޯޓެއް ހަފްތާއެއްގެ ތެރޭގައި ހާމަކުރާނެ

މި ހަފުތާގައި ރާއްޖެއަށް ޒިޔާރަތްކުރި ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގެ ބޭފުޅުންނާ، ރައީސް އަބްދުﷲ ޔާމީނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބައްދަލުނުކުރެއްވި ކަމަށް އެ ވަފުދުން ބުނެފި އެވެ.

މި މަހުގެ 8 ވަނަ ދުވަހު 11 އަށް އީޔޫއިން ރާއްޖެއަށް ކުރި ދަތުރަށް ފަހު އާންމުކުރި ބަޔާނުގައި ބުނެފައިވަނީ މި ދަތުރަކީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު، ހުށަހެޅި ރިކޮމެންޑޭޝަންތައް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުން ކަމަށެވެ. އެ އިންތިހާބަށްފަހު އީޔޫއިން ހުށަހެޅި 22 ރިކޮމެންޑޭޝަންގެ ތެރެއިން ތަންފީޒްކޮށްފައިވާ މިންވަރާއި، ކުރިއަށް އޮތް އިންތިހާބުތަކަށް އިންތިހާބީ ނިޒާމަށް ގެންނައިސްފައިވާ އިސްލާހުތައް ދިރާސާކޮށް މައުލޫމާތު ހޯދުމަކީ މި ދަތުރުގެ ބޭނުން ކަމަށް އީޔޫގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީނާއި އުއްތަމަ ފަނޑިޔާރު ބައްދަލު ނުކުރެއްވި ނަމަވެސް، އީޔޫގެ ވަފުދުން ވަނީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލާއި ހޯމް މިނިސްޓަރު އަޒުލީނާ ބައްދަލުކޮށްފަ އެވެ. މި ވަފުދުން ސިޔާސީ ޕަޓީތަކާއި ބޭރުގެ ބައެއް ޑިޕްލޮމެޓުންނާވެސް ބައްދަލުކޮށްފައިވެ އެވެ.

ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ މިވަފްދުގެ އިސްވެރިއަކަށް ހުންނެވީ ރާއްޖެއަށް އީޔޫ އިން ކަނޑައަޅާފައިވާ "އިލެކްޝަން އޮބްޒަވޭޝަން މިޝަން"ގެ ކުރީގެ އިސް އޮބްޒާވަރު، މެމްބަރ އޮފް ޔޫރަޕިއަން ޕާލަމަންޓް (އެމްއީޕީ) އެޑުއާޑް ކުކަން އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް