ކ. މާލެ
|
12 ޖެނުއަރީ 2018 | ހުކުރު 15:43
އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް
އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް
އެމްއެންޑީއެފް
ބޭރުގެ މަސްބޯޓެއް ފެނުން
ރާއްޖޭގެ ސަރަޙައްދުން ސޯމާލިއާގެ މަސް ބޯޓެއް އަތުލައިގެންފި
ބޯޓު އަތުލައިގަނެވުނުއިރު އެ ބޯޓުގައި 200 ޓަނުގެ މަސް ހުރި ކަމަށް ބޯޓުގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ބުނޭ
ބޯޓުގައި ތައިލެންޑުގެ 10 ފަޅުވެރިން ތިބި: އެމްއެންޑީއެފް

ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ތެރެއިން ސޯމާލިއާގެ މަސް ބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން އަތުލައިގެންފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ރާއްޖޭގެ ޚާއްސާ އިގްތިޞާދީ ސަރަޙައްދުން ސޯމާލިއާގެ ދިދަ ނަގާފައިވާ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އެ ބޯޓު އަތުލައިގެންފައިވަނީ ތ. ހިރިލަންދޫގެ ހުޅަނގުން، 76.5 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ މަނަވަރު ހުރަވީއަށް "ޗޮޓްޕަޓައްނާ 55" ނަމަކަށް ކިޔާ މަސް ބޯޓު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 11 ޖެހުމާއި ގާތްވެފައިވަނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ބޯޓު އަތުލައިގަނެވުނުއިރު ބޯޓުގައި 10 ފަޅުވެރިން ތިބި ކަމަށާއި، އެ އެންމެންނަކީވެސް ތައިލޭންޑްގެ ރައްޔިތުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އަދި އަތުލަތުގަނެވުނު ބޯޓުގައި 200 ޓަނުގެ މަސް ހުރި ކަމަށް ބޯޓުގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް