ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 22:58
ޑރ. ހުސައިން: ޕާޓީތަކުގައި އޮތް ގުޅުން ރައީސް ޔާމީނަށް އަންގައިދޭން ބޭނުން-
ޑރ. ހުސައިން: ޕާޓީތަކުގައި އޮތް ގުޅުން ރައީސް ޔާމީނަށް އަންގައިދޭން ބޭނުން-
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
2019ގެ މަޖިލިސް އިންތިހާބުގެ މަޝްވަރާތައް ވެސް ޕާޓީތަކުން އެބަ ކުރަން: ޑރ. ހުސައިން
ކަތުރުފަނިން ޕާޓީތަކުގެ ގުޅުން ހަލާކުކޮށް ނުލެވޭނެ ކަމަށް ވިދާޅުވި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބަށް ޕާޓީތައް ގުޅިގެން ނުކުތުމާ ގުޅޭ ގޮތުން ގުޅިފައިވާ ޕާޓީތަކުން މަޝްވަރާ ކުރަމުންދާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު އަހުމަދު މިރޭ ވިދާޅުވެއްޖެއެވެ.

މާމިގިލީގައި ކުރިއަށްދާ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ ޕާޓީތަކުން މަޝްވަރާ ކުރަމުންދަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބާ ގުޅޭ ގޮތުން ކަމަށާއި އެކަން ރައީސް ޔާމީނަށް އަންގައިދޭން ބޭނުންވާ ކަމަށެވެ.

ޑރ. ހުސައިން ވިދާޅުވީ ޕާޓީތައް ގުޅިގެން ކުރާ މަސައްކަތް ރައީސް ޔާމީނަށް ނާކާމިޔާބުކޮށް ނުލެވޭނެ ކަމަށާއި ކަތުރުފަނި ފޮނުވައިގެން ވެސް ޕާޓީތައް ހަލާކުކޮށްނުލެވޭނެ ކަމަށެވެ.

"އެއްގޮތަކަށް ވެސް [ރައީސް ޔާމީން] ހީފުޅު ނުކުރައްވާތި އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތައް ގުޅިގެން މިކުރާ މަސައްކަތް ނާކާމިޔާބުކޮށްލެވޭނެ ކަމަށް. އަދި މީގެ ތެރެއަށް ކަތުރުފަނި ފޮނުވައިގެން މިކަން ހަލާކުކޮށްލެވޭނެ ކަމަށް. އަޅުގަނޑުމެންގެ ލީޑަރުން އަޅުގަނޑުމެންނަށް ޔަގީންކަން ދެނީ އަޅުގަނޑުމެން ގުޅިގެން މިކުރާ މަސައްކަތް، ﷲ އިރާދަ ކުރެއްވިއްޔާ ކާމިޔާބު ކުރާނެކަން،" ހުސައިން ވިދާޅުވިއެވެ.

އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅުގައި އެމްއެންޑީއެފުން ސެކިއުރިޓީ ބަލަހައްޓަން ފަށާފައި ވާތީ، އެކަމަށް އިޝާރާތްކޮށް ހުސައިން ވިދާޅުވީ ޕާޓީތަކުން ރައީސް މައުމޫންގެ އަރިހަށް ގޮސް ރަނގަޅަށް މަޝްވަރާކޮށްލާނެ ކަމަށެވެ. ރައީސް މައުމުން ދިރިއުޅުއްވާ ގެކޮޅު މ. އެންދެރިމާގޭގައި ސިފައިން ތިބުމަކީ އިދިކޮޅު ފަރާތްތައް ޖެހިލުންވާނެ ކަމެއް ނޫން ކަމަށާއި ސިއްރުން ކަމެއް ކުރަން ބޭނުންނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އިރާދަ ކުރެއްވިއްޔާ ރައީސް މައުމޫން އަރިހަށް ދާނަމޭ. ގޮސް، އެ ގެއަށް ވަދެ، ސިޔާސީ ވާހަކަ ވަރަށް ރަނގަޅަށް އަޅުގަނޑުމެން ދައްކާލާނަމޭ،" ޖޭޕީގެ ޑެޕިއުޓީ ލީޑަރު ވިދާޅުވިއެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރައީސް ޔާމީނަށް ނުކުމެވަޑައިނުގެންނެވޭނެ ކަމަށް އިޝާރާތްކޮށް، ހަސަން ވިދާޅުވީ ރައީސް މައުމޫން ސޮއި ނުކުރައްވާ، ޕީޕީއެމްގެ ރިޔާސީ ޓިކެޓެއް ސައްހަ ނުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް