ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 22:29
ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
އިދިކޮޅު ކޯލިޝަން
މި ސަރުކާރުން އެބުނާ އިސްލާމްދީނަކީ ކޮބައިކަމެއް ނޭނގެ: ޑރ. މަޖީދު
ވައްކަމާއި ހިޔާނާތް އޮންނަނީ ކޮން ސަރުކާރެއްގައިތޯ ސުވާލު ކުރެއްވި
ބޭ އިންސާފު އާންމުވެފައި އޮތީ ކޮން އިސްލާމްދީނެއްގައިތޯ ސުވާލު ކުރެއްވި

އިސްލާމްދީން ނޫން އެހެން ދީނަކަށް މި ރާއްޖެއިން ޖާގައެއް ނުދޭނެ ކަމަށް މިހާރުގެ ސަރުކާރުން ބުނާއިރު ސަރުކާރުން އެބުނާ އިސްލާމްދީނަކީ ކޮބައިކަން ނޭނގެ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އދ. މާމިގިލީގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު ވިދާޅުވީ އިސްލާމް ދީނުގެ ވާހަކަ ސަރުކާރުން ދައްކާއިރު ސަރުކާރުގެ ތެރޭގައި އޮތީ ވައްކަމާއި ހިޔާނާތާއި ފަސާދަ ކަމަށެވެ. އަދި ޑރ. މަޖީދު ވަނީ އަދުލު އިންސާފުން އެއްކިބާ ވެފައި އޮންނަނީ "ކޮން އިސްލާމް ދީނެއްގައި" ތޯ ސުވާލު އުފައްދަވާފައެވެ.

"އިސްލާމްދީނަކީ މި ބޭފުޅުން މި ވިދާޅުވާ އިސްލާމް ދީނަކީ ކޮބައިކަން ނޭނގޭ. އިސްލާމްދީނޭ ބުނާއިރު ފަހަތުން ފެންނަނީ ބޮޑެތި ޖަރީމާތަކާއި ހިޔާނާތާއި ވައްކަމާއި ހިޔާނާތުގެ ކަންތައް ސަރުކާރުގެ ތެރޭގައި އަށަގެންފައިފައިވާތަން،" މަޖީދު ވިދާޅުވިއެވެ.

ޑރ. މަޖީދު ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންއާ މެދު ކޯޓުން އަމަލުކޮށްފައިވާ ގޮތް ފާހަގަ ކުރައްވާފަ އެވެ.

މާމިގިލީގައި މިރޭ ކުރިއަށްދާ ޖަލްސާގެ ތެރެއިން:- މި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވޭ 

މީގެ އިތުރުން ޑރ. މަޖީދު ވިދާޅުވީ ގާނޫނުލް އުގޫބާތަށް ސަރުކާރުން އިސްލާހްތަކެއް ގެންނަން އުޅެނީ ސިޔާސީ ޕާޓީތަކުގެ މީހުންނާ މެދު އަނެއްކާ ވެސް ފިޔަވަޅުތަކެއް އަޅަން ކަމަށެވެ. އެހެން ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އޮތީ އެކަން ކުރުމަށް ފުރުސަތު ދޭން ނޫން ކަމަށާއި އެކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.  އަދި މިހާރުގެ ސަރުކާރު ބަދަލު ކުރުމަށްޓަކައި އަދާލަތު ޕާޓީން ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް