ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 11:45
ތާޕްސީ ޕައްނޫ
ތާޕްސީ ޕައްނޫ
ގެޓީ އިމޭޖަސް
ތާޕްސީ ޕައްނޫ
ތާޕްސީ ޕައްނޫގެ އާ ތެލުގޫ ފިލްމުގެ ޝޫޓިން ފަށައިފި
ސޫރްމާގެ ލީޑުރޯލުންވެސް ތާޕްސީ ފެނިގެންދާނެ
އާ ތެލުގޫ ފިލްމުގެ ޝޮޓްތައް ނަގަން ފަށާފައިވަނީ އިންޑިއާގެ ހައިދަރު އާބަދުގައި

އިންޑިއާގެ އެކްޓްރެސްއެއް ކަމަށްވާ ތާޕްސީ ޕައްނޫގެ ތެލުގޫ ފިލްމުގެ ޝޫޓިން ފަށާފައިވާކަމަށް އޭނާ ބުނެފިއެވެ.

ތާޕްސީ އެންމެ ފަހުން ފެނިގެންގޮސްފައިވާ ތެލުގޫ ފިލްމަކީ އަނަންދޯ ބްރަހްމާއެވެ. އަނަންދޯ ބްރަހަމާ އަކީ މަޖާ، ބިރުވެރި ފިލްމެކެވެ. މާހީ ވީ ރަގަވް ޑައިރެކްޓް ކޮށްފައިވާ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ވިޖޭ ޗިލާ އަދި ސަޝީ ދެވިރޭދީއެވެ.

ތާޕްސީގެ އާ ތެލުގޫ ފިލްމުގެ ޝޮޓްތައް ނަގަން ފަށާފައިވަނީ އިންޑިއާގެ ހައިދަރު އާބަދުގައެވެ.

މި ފިލްމުގެ ޕްރޮޑިއުސަރަކީ ކޯނާ ވެންކާއެވެ. އެހެން ނަމަވެސް މި ފިލްމުގެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ތާޕްސީ ވަނީ ހިންދީ ފިލްމުތަކުންވެސް ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ޖުޅްވާ2، ނާމް ޝަބާނާ، ޕިންކް ހިމެނެއެވެ. އިންޑިއާގެ ހޮކީ ކުޅުންތެރިޔާ  ސަންދީޕް ސިންގްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމް ސޫރްމާގެ ލީޑުރޯލުންވެސް ތާޕްސީ ފެނިގެންދާނެއެވެ. މި ފިލްމު ރިލީޒްކުރާނީ މިއަހަރުގެ ޖޫންމަހުގެ 29 ވަނަ ދުވަހުގައެވެ. މި ފިލްމްގައި ތާޕްސީ ޕައްނޫ އަދާކުރާނީ ސަންދީޕްގެ ލޯބިވެރިޔާގެ ރޯލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް