ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 14:49
ސަންޖޫގައި ސަންޖޭ ދަތުގެ ރޯލު ފެނިގެންދާނީ ރަންބީރު ކަޕޫރު
ސަންޖޫގައި ސަންޖޭ ދަތުގެ ރޯލު ފެނިގެންދާނީ ރަންބީރު ކަޕޫރު
ގޫގުލް
ސަންޖޭ ދަތު
ސަންޖޭގެ "ސަންޖޫ" އަންނަ ޖޫންމަހުގެ 29 ގައި
މިކަން ހާމަކޮށްފައި ވަނީ ރާޖްކުމާރު ކޮށްފައިވާ ޓްވީޓެއްގައި
މިއީ ކާމިޔާބު ފިލްމު "ޕީކޭ" އަށް ފަހު ރަޖްކުމާރު ހިރާނީ ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމު

ބޮލީވުޑްގެ ތަރި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމު "ސަންޖޫ" ސިނަމާތަކަށް އަންނާނީ އަންނަ ޖޫންމަހުގެ 29 ގައި ކަމަށް ފިލްމުގެ ޑައިރެކްޓަރ ރާޖްކުމާރު ހިރާނީ ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ރާޖްކުމާރު ކޮށްފައިވާ ޓްވީޓެއްގައެވެ.

މި ފިލްމުގައި ފެނިގެން ދާނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީދާއިރާގައި އޭނާ ލޯބީގެ ހަޔާތެވެ. މި ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅުނު މީހުންގެ ރޯލުން ފެނިގެންދާނީ އަނުޝްކާ ޝަރުމާ އާއި ސޯނަމް ކަޕޫރެވެ. އަދި ސަންޖޭގެ ރޯލުން ފެނިގެންދާނީ ރަންބީރު ކަޕޫރެވެ.

އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ދިއާ މިރްޒާއެވެ. މީގެ އިތުރުން މަންމަ އާއި ބައްޕަގެ ރޯލުން ފެނިގެންދާނީ މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލްއެވެ.

މިއީ ކާމިޔާބު ފިލްމު "ޕީކޭ" އަށް ފަހު ރަޖްކުމާރު ހިރާނީ ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް