ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 14:54
ފޯޓީ ޕްލަސްގެ ޕޯސްޓަރ
ފޯޓީ ޕްލަސްގެ ޕޯސްޓަރ
ފޭސްބުކް
ފޯޓީ ޕްލަސް
ފޯޓީ ޕްލަސްގެ ޝޫޓިންގެ ބޮޑު ބައެއް ނިންމާލައިފި
ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ ތ. ބުރުނީގައި
ފޯޓީ ޕްލަސް ސިނަމާތަކަށް އަންނާނީ މިއަހަރު

ޔޫސޫފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކުރާ ކޮމެޑީ ފިލްމް "40 ޕްލަސް"ގެ ޝޫޓިންގެ ބޮޑުބައެއް ނިންމާލައިފިއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ރާއްޖެ އެމްވީއަށް ބުނީ ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ޓީމު އެނބުރި މާލެ އަންނާނީ މިމަހުގެ 15 ނުވަތަ 17 ހާތާނގައި ކަމަށެވެ.

މިއީ މިދިޔަ އަހަރު ރިލީޒްކުރި "ނޯޓީ 40" ގެ ދެވަނަ ބައެވެ. ތ. އަތޮޅު ބުރުނީގައި މުޅި ފިލްމުގެ ޝޫޓިން ނިންމަން ހަމަޖެހިފައިވާ ކަމަށް ޔޫއްޕެ ވަނީ ބުނެފައެވެ. "40 ޕްލަސް" ގެ ޝޫޓިން ފެށުމަށް ފިލްމުގެ ކުރޫ ތ. ބުރުނީއަށް ފުރާފައި ވަނީ މިދިޔަ ޑިސެމްބަރުމަހުގެ 22 ގައެވެ.

"ނޯޓީ 40" ގައި ހަރަކާތްތެރިވި މައިގަނޑު ތަރިންނާ އެކު މިދާއިރާއަށް އަލަށް ތައާރަފް ކުރާ ފަސް ތަރިން ހަރަކާތްތެރިވާ މި ފިލްމުގެ ޝޫޓިންގ 25 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް ޔޫއްޕެ ބުނެއެވެ.

މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ޔޫއްޕެގެ އިތުރުން ޢަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހުމަދު ސައީދު، ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަހުމަދު މަނިކު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ ވެސް "40 ޕްލަސް"ގައި ހަރަކާތްތެރިވާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް