ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 11:19
އޭ އާރު ރަހުމާން
އޭ އާރު ރަހުމާން
ގެޓީ އިމޭޖަސް
އޭ އާރު ރަހުމާން
ދާއިރާގައި މިވީ 25 އަހަރަށް ފަޚުރުވެރިވަން: އޭ އާރު ރަހުމާން
މިއަދަކީ އޭ އާރު ރަހުމާންގެ 51 ވަނަ އުފަންދުވަސް
އޭނާ ބުނީ އޭނާއަށް މިހާހިސާބަށް އާދެވުނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައި ކަމަށް
އޭއާރު ރަހުމާން މިއުޒިކް ކުޅުމާއި ލަވަކިޔަން ފެށިތާ 25 އަހަރުވީ މިދިޔަ އަހަރު

ދާއިރާގައި ހޭދަކުރި 25 އަހަރަށް ފަޚުރުވެރިވާ ކަމަށާއި ޚިޔާލަށް ނުގެނެވޭ އެތައް ކަމެއް މިޔުޒިކް ދާއިރާގައި ކުރެވިއްޖެ ކަމަށް މަޝްހޫރު މިއުޒިކް ކޮމްޕޯސާ އަދި ލަވަ ކިޔުންތެރިޔާ އައްލާ ރައްކާ ރަހުމާން (އޭއާރު ރަހުމާން) ބުނެފިއެވެ.

މިއަދަކީ އޭ އާރު ރަހްމާނުގެ 51 ވަނަ އުފަންދުވަހެވެ. އޭއާރު ރަހުމާން ބުނީ އޭނާއަށް މިހާ ހިސާބަށް އާދެވުނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައި ކަމަށެވެ. އޭނާ ބުނީ ކޮންމެ ކާމިޔާބީއަކާ އެކު މީހުންގެ ފާޑުކިޔުމާއި ތާއީދު ލިބޭނެ ކަމަށެވެ. އަދި އޭނާގެ ކާމިޔާބީތަކާ އެކު ވެސް މީހުންގެ ތައުރީފާއި ފާޑުކިޔުން އަމާޒުވި ކަމަށް ބުންޏެވެ.

އޭއާރު ރަހުމާން މިއުޒިކް ކުޅުމާ ލަވަކިޔަން ފެށިތާ 25 އަހަރު ވީ މިދިޔަ އަހަރެވެ. 1992 ވަނަ އަހަރު ފިލްމު އުފައްދާ މީހެއް ކަމަށްވާ މާނީ ރަތުނަމްގެ ފިލްމު "ރޯޖާ" އިން ލަވަކިޔުމުގެ ހަޔާތް ފެށި އޭއާރު ރަހުމާނަކީ މިހާރު ބޮލީވުޑްގެ މިއުޒިޝަނުންގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ އަގު ބޮޑު ފަންނާނެވެ.

އޭނާ އަށް ވަނީ ހޮލީވޫޑްގެ އޮސްކާ އެވޯޑް ވެސް ހާސިލްކޮށްފައެވެ. އޭޝިއާގައި ދެވޭ އެންމެ ބޮޑު އެއް އޮނޮރަރީ ޕްރައިޒް ކަމަށްވާ ފުކޫކާ ޕްރައިޒް މިދިޔަ އަހަރު ލިބިފައިވެއެވެ. ފުކޫކާ ޕްރައިޒްއަކީ އަމިއްލަ ފަރާތްތަކާއި ޖަމާއަތްތަކުގެ އަމިއްލަވަންތަ އުފެއްދުމާއި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމަށް އޭޝިއާގައި 1990 އިން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

އޭއާރު ރަހްމާނަށް ވަނީ ހަތަރު ނެޝަނަލް ފިލްމު އެވޯޑް، ދެ އެކަޑަމީ އެވޯޑް، ދެ ގްރެމީ އެވޯޑް، 15 ފިލްމު ފެއާ އެވޯޑް، 16 ފިލްމު ފެއާ އެވޯޑް ސައުތު ލިބިފައެވެ. އަދި 2009 ވަނަ އަހަރު ޓައިމް މެގަޒިން އިން ނެރުނު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި އޭނާ ވަނީ ހިމެނިފައެވެ. އިންޑިއާގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ސްލަމްޑޯގް މިލިއަނާ" އިން ރަހްމާނަށް އޮސްކާ އެވޯޑް ލިބިފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް