ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 10:51
ޕެޑްމޭންގެ ޕޯސްޓަރ
ޕެޑްމޭންގެ ޕޯސްޓަރ
ގެޓީ އިމޭޖަސް
ޕެޑްމޭންް
ޕެޑްމޭންގެ "ހޫބަހޫ" އެއް މިލިއަނަށް ވުރެ ގިނަ ފަހަރު ބަލައިފި
މި ލަވަ ކޮމްޕޯޒްކޮށް އަދި ކިޔާފައި ވަނީ އަމިތު ތްރިވޭދީ
ޕްޑްމޭން ސިނަމާތަކަށް އަންނާނީ މިމަހުގެ 26 ވަނަ ދުވަހުގައި

މީގެ ދެ ދުވަސް ކުރިން އާންމުކޮށްފައިވާ "ޕެޑްމޭން" ގެ އާ ލަވަ "ހޫބަހޫ" އެއް މިލިއަނަށް ވުރެ ގިނަ ފަހަރު ބަލައިފިއެވެ.

މިއަދާއި ހަމައަށް މި ލަވައިގެ ޔޫޓިއުބް ވިއުސް ވަނީ1,224,470 (އެއް މިލިއަން ދެލައްކަ ސައުވީސްހާސް ހަތަރުސަތޭކަ ހަތްދިހަ) އަށް އަރާފައެވެ. މި ލަވަ ކޮމްޕޯޒްކޮށް އަދި ކިޔާފައި ވަނީ އަމިތު ތްރިވޭދީ އެވެ. އަދި ލަވައިގެ ލިރިކްސް ލިޔެފައި ވަނީ ކައުސަރް މުނީރް އެވެ.

"ޕްޑްމޭން" ސިނަމާތަކަށް އަންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މި ފިލްމަކީ ހެޔޮ އަގުގައި އަންހެން ވެރިންނަށް ޕެޑް ފޯރުކޮށްދިނުމުގެ މަގްސަދުގައި ޕެޑް ހަދާ މެޝިނެއް އުފެއްދި އަރޫނާޗަލަމް މުރުގަނަންތަމްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ އަކްޝޭގެ އިތުރުން ސޯނަމް ކަޕޫރު އަދި ރާދިކާ އަޕްޓޭ އެވެ. އަދި މީގެ އިތުރުން އަމީތާބް ބައްޗަން ފިލްމުގެ ޚާއްސަ ރޯލަކުން ފެނިގެންދާނެއެވެ. މި ފިލްމަކީ ގޯރީ ޝިންޑޭއާ އެކު އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ އާރު ބަލްކީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް