ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 11:10
ކެޓީ ޕެރީ އާއި އޮލާންޑޯ ބްލޫމް
ކެޓީ ޕެރީ އާއި އޮލާންޑޯ ބްލޫމް
ގެޓީ އިމޭޖަސް
ކެޓީ ޕެރީ އާއި އޮލާންޑޯ ބްލޫމް
ކެޓީ ޕެރީ އާއި އޮލާންޑޯ ބްލޫމް ރާއްޖޭގައި!؟
އީ އޮންލައިން އަދި ޕީޕަލްސް މެގަޒިން އިން ވަނީ މިކަން ރިޕޯޓްކޮށްފައި
ކެޓީ ޕެރީ އާއި އޮލާންޑޯ ބްލޫމް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ އަމިއްލަ ފުށީ ރިސޯޓުގައި

މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އިނގިރޭސި އެކްޓަރ އޮލާންޑޯ ބްލޫމް ރާއްޖެ އައިސްފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މުނިފޫހިފިލުވުމުގެ ޚަބަރުތައް ކަވަރު ކުރާ އެމެރިކާގެ ނޫސްތައް ކަމަށްވާ އީ-އޮންލައިން އަދި ޕީޕަލްސް މެގަޒިން އިން ވަނީ މިކަން ރިޕޯޓްކޮށްފައެވެ.

އީ-ނިއުސްގައި ބުނެފައި ވަނީ ކެޓީޕެރީ ރާއްޖެ އައިސްފައި ވަނީ ދުބާއީގައި މަޑުކުރުމަށް ފަހުގައި ކަމަށެވެ. ކެޓީ ޕެރީ އައި އިރު އޮލާންޑޯ ބްލޫމް ހުރީ ރާއްޖޭގައި ކަމަށާއި އޭނާ 10 ދުވަސްވަންދަން އެރިސޯޓުގައި މަޑުކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މީގެ ހަތްދުވަސް ކުރިން އޮލާންޑޯ ބްލޫމް އޭނާގެ އިންސްޓްގްރާމަށް ވަނީ އަމިއްލަ ފުށި ރިސޯޓްގެ ފޮޓޯއެއް ލާފައެވެ. އަދި އޭގެ ތިން ދުވަސް ފަހުން ވެސް އޭނާ ވަނީ އަމިއްލަ ފުށި ޓެގްކުރުމަށް ފަހު ފޮޓޯއެއް ލާފައެވެ. ކެޓީ ޕެރީ އާއި އޮލާންޑޯ ބްލޫމް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ އަމިއްލަ ފުށީ ރިސޯޓުގައި ކަމަށް ޕީޕަލްސް މެގަޒިން އިން ވެސް ވަނީ ރިޕޯޓްކޮށްފައެވެ. މި ދެ މީހުން ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވިކަން އިއުލާން ކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު އޭގެ ފަހުން ވެސް ދެ މީހުން އެކުގައި ފެނިފައި ވެއެވެ.

ކެޓީ ޕެރީ މީގެ ކުރިން ކައިވެނިކޮށްގެން އުޅުނީ އިނގިރޭސި އެކްޓަރު ރަސަލް ބްރޭންޑާއެވެ. އެ ދެ މީހުން 2010 ގައި ކުރި ކައިވެނި 2012 ގައި ވަނީ ރޫޅިފަ އެވެ.

އޮލަންޑޯ ވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެއެވެ. އެއީ އޮސްޓްރޭލިއާގެ މޮޑެލް މިރަންޑާ ކެރްއާ އެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅުނީ 2013 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް ދެ މީހުންނަށް ދަރިއަކު ވެސް ލިބިފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް