ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 14:39
ބާގީ2
ބާގީ2
ގޫގުލް
ބާގީ 2
ބާގީ 2 އެޅުވުން މާޗް މަހަށް އަވަސްކޮށްފި
ބާގީ 2 ސިނަމާތަކަށް އަންނާނީ އަންނަ މާޗްމަހުގެ 30 ވަނަ ދުވަހު

ޓައިގާ ޝްރޮފް އާއި ދީޝާ ޕަޓާނީ އެކުގައި ފެނިގެންދާ ފިލްމު "ބާގީ 2" އެޅުވުން އަންނަ މާޗްމަހަށް އަވަސް ކޮށްފިއެވެ.

އެހެން ކަމުން "ބާގީ 2" ސިނަމާތަކަށް އަންނާނީ އަންނަ މާޗްމަހުގެ 30 ވަނަ ދުވަހުގައެވެ. ކުރިން "ބާގީ 2" އަޅުވަން ޝެޑިއުލްކޮށްފައި ވަނީ އެޕްރީލް މަހުގެ 27 ވަނަ ދުވަހަށެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯ އަދި ނަދިއަދްވާލާ ގްރޭންޑްސަން އެންޓަޓައިންމަންޓުން ވަނީ "ބާގީ 2" ސިނަމާތަކަށް އަންނަ ދުވަސް އަވަސްވެފައިވާ ކަމަށް ބުނެ ޓްވީޓްކޮށްފައެވެ.

"ބާގީ 2" ވެގެންދާނީ ޓައިގާ އާއި އޭނާގެ ލޯބިވެރިޔާ ދީޝާ ޕަޓާނީ އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފިލްމަށެވެ.

 "ބާގީ"ގެ ފުރަތަމަ ބައިގައި ޓައިގާ އާއެކު ފެނިގެންގޮސްފައި ވަނީ ޝްރަދާ ކަޕޫރެވެ. "ބާގީ 2" ވެސް ޕްރޮޑިއުސް ކުރަނީ "ބާގީ" ޕްރޮޑިއުސްކުރި ސާޖިދު ނަދިއަދްވާލާ އެވެ.

"ބާގީ2" ގެ ޝޫޓިން ފަށާފައި ވަނީ ޓައިގާގެ އުފަންދުވަހުގައެވެ. ޓައިގާ ވަނީ މި ފިލްމަށް ތައްޔާރުވުމަށް  އެއް މަސް ދުވަހުގެ ސްޓަންޓެއް ވެސް ހަދާފައެވެ.

ޓައިގާ އާއި ދީޝާ ޕަޓާނީ ވަނީ މި ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު އާ އަހަރާއި ދިމާކޮށް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް