ކ. މާލެ
|
4 ޖެނުއަރީ 2018 | ބުރާސްފަތި 11:33
ޑަންގަލްގެ ޕޯސްޓަރ
ޑަންގަލްގެ ޕޯސްޓަރ
އަޒުމޫން އަހުމަދު
ޑަންގަލްގެ ކާމިޔާބު
ޑަންގަލް: ޗައިނާގެ އެއްވަނަ
ޗައިނާގައި އަބަދުވެސް ބޮލީވުޑްގެ ފިލްމުތަކަށް ތަރުހީބު ބޮޑު
ޗައިނާ އިން ލިބިފައި ވަނީ 200 މިލިއަން ޑޮލަރުގެ ފައިދާއެއް

ދެހާސްސޯޅަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ސިނަމާތަކަށް އައި އާމިރު ޚާންގެ "ޑަންގަލް" ވަނީ ބޮލީވުޑްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ބޮލީވުޑްގައި ލިބުނު ކާމިޔާބީތަކާ އެކު އާމިރު ޚާން ވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައި "ޑަންގަލް" ޗައިނާ މާކެޓަށް އެފިލްމު ނެރެފައެވެ. ޗައިނާ އިން ވެސް ވަނީ "ޑަންގަލް" އަށް ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

ޗައިނާގެ އަހަރީ ސާވޭ ދައްކާ ގޮތުން އިންޓަނެޓް މޫވީ ޑިބޭޓްސް (އައިއެމްބީޑީ)ގެ އެންމެ ކުރީގައި ރޭންކް ކުރެވިފައި ވަނީ "ޑަންގަލް" އެވެ. އައިއެމްބީޑީއަކީ ފިލްމުތަކާއި ޓީވީ ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު ގެނެސްދޭ ވެބްސައިޓެކެވެ. އެ ވެބްސައިޓުން ފިލްމުތަކުގެ ސަމަރީގެ އިތުރުން ފިލްމާ ދޭތެރޭ ނުވަތަ ޕްރޮގްރާމަކާ ދޭތެރޭ ބެލުންތެރިންގެ "ވިއުސް" ރޭޓް ކުރެވެއެވެ.

އެގާރަ މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި "ޑަންގަލް" އަށް ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 330 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އޭގެ ތެރޭގައި ޗައިނާ އިން ލިބިފައިވަނީ 200 މިލިއަން ޑޮލަރުގެ ފައިދާއެކެވެ.

ޗައިނާގައި އަބަދުވެސް ބޮލީވުޑްގެ ފިލްމުތަކަށް ތަރުހީބު ބޮޑެވެ. މިދިޔަ އަހަރު ނިކުތް ސަލްމާންގެ "ޓިއުބްލައިޓް" ވެސް ޗައިނާގައި އަޅުވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

"ޑަންގަލް" އަކީ ރެސްލިން ތެޅުންތެރިޔާ މަހާވީރް ސިންގް ޕޯގަތް އޭނާގެ ގޭގައި ދެ އަންހެން ކުދިންނަށް ރެސްލިން ތަޅަން ދަސްކޮށްދީގެން ތާރީހީ ކާމިޔާބީއާ ހަމައަށް ގެންގޮސްދިނުމަށް ކުރާ މަސައްކަތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އާމިރާ އެކު އޭނާގެ ދެ އަންހެން ދަރިންގެ ރޯލުން ފެނިގެންދަނީ ފާތިމާ ސަނާ ޝައިޚް އާއި ސަނާޔާ މަލްހޯތުރާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް