ކ. މާލެ
|
3 ޖެނުއަރީ 2018 | ބުދަ 22:28
ކިމް ކާޑޭޝިއަން އާއި ދަރިފުޅު ސެއިންޓް ވެސްޓް
ކިމް ކާޑޭޝިއަން އާއި ދަރިފުޅު ސެއިންޓް ވެސްޓް
އިންސްޓަގްރާމް
ކިމް ކާޑޭޝިއަން
ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި
ކިމްގެ ފިރިހެން ދަރިފުޅަށް ވަނީ ނިއުމޯނިއާ ޖެހިފައި
ތިން ރޭ ވަންދެން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި
ކިމް ވަނީ ނަރުހުންނާއި ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފައި

ހޮލީވުޑްގެ މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން އާ އަހަރު ފާހަގަ ކުރީ ފިރިހެން ދަރިފުޅު، ސެއިންޓް ވެސްޓާ އެކު ހޮސްޕިޓަލުގައެވެ.

ބުދަ ދުވަހު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ސެއިންޓަށް ނިއުމޯނިއާ ޖެހި ތިން ރޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ބޭއްވިކަން ކިމް ވަނީ ހާމަކޮށްފައެވެ.

އެ ޕޯސްޓްގައި ވަނީ "އަހަރެންގެ ފިރިހެން ދަރިފުޅު ވަރަށް ވަރުގަދަ" ކަމަށާއި ސެއިންޓް ބަލިވެގެން ތިން ރޭ ވަންދެން ހޮސްޕިޓަލުގައި އުޅެން ޖެހުމުން 2017 ވަނަ އަހަރު ނިމިގެން ދިޔައީ "ވަރަށް ދަތި" ކޮށް ކަމަށެވެ.

ސެއިންޓް މިހާރު ހޮސްޕިޓަލުން ދޫކޮށްފައިވާ ކަމަށާއި، ހާލު ރަނގަޅުކަމުގެ އުފާވެރި ޚަބަރު ވެސް ކިމް ވަނީ އިންސްޓަގްރާމް ޕޯސްޓްގައި ހިއްސާކޮށްފައެވެ.

އަދި ސެއިންޓްއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއްކަން ފާހަގަކޮށް ކިމް ބުނީ އެމްބިއުލާންސް ރައިޑް ވެސް ސެއިންޓަށް "ކޫލްވި" ކަމަށެވެ.

"ނިއުމޯނިއާއަކީ ވަރަށް ބިރުވެރި އެއްޗެއް. އަހަރެން ބޭނުން ވަނީ 24 ގަޑިއިރު ބުރަކޮށް މަސައްކަތް ކުރަމުންދާ އެންމެހާ ނަރުހުންނާއި ޑޮކްޓަރުންނަށް ޝުކުރު އަދާކުރަން. ތި މީހުންނަށް އަހަރެން ވަރަށް ޝުކުރު އަދާކުރަން،" ކިމް ބުންޏެވެ.

 

ދެ އަހަރުގެ ސެއިންޓްއަކީ ކިމް އާއި ފިރިމީހާ، ހޮލީވުޑްގެ މަޝްހޫރު ރެޕް އާޓިސްޓް ކާންޔޭ ވެސްޓްގެ ހަގު ދަރިފުޅެވެ. އެމީހުންގެ ދޮށީ އަންހެން ދަރިފުޅު ނޯތުއަށް މި އަހަރު ފަސް އަހަރު ފުރޭނެއެވެ. މީގެ އިތުރުން، މި މަހު، ސަރޮގޭޓެއް މެދުވެރިކޮށް މި ދެމަފިރިންނަށް އިތުރު ކުއްޖެއް ލިބިގެންދާނެކަން ކާޑޭޝިއަން އާއިލާ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް