ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 12:32
އައްޑޫގައި ހިނގި އެކްސިޑެންޓް
އައްޑޫގައި ހިނގި އެކްސިޑެންޓް
އައްޑޫ ލައިވް
އެކްސިޑެންޓް
އަރުޝާން މަރުވި އެކްސިޑެންޓް: ޕިކަޕް ޑްރައިވަރުގެ ބަންދަށް 6 ދުވަސް ޖަހައިފި
އެކްސިޑެންޓްގައި އަނިޔާވި 14 އަހަރުގެ ކުއްޖާ ވަނީ މަރުވެފައި
21 އަހަރުގެ ޒުވާނާގެ ދެފައި ވަނީ ބިންދައިގެން ގޮސްފައި
ޕިކަޕް ދުއްވަން އިނީ އުމުރުން 33 އަހަރުގެ މީހެއް

އައްޑޫ ސިޓީ ލިންކް ރޯޑުގައި ޑިސެމްބަރު 26 ވަނަ ދުވަހު ހިނގި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އާދިއްތަ ދުވަހުގެ ރޭ ހައްޔަރުކުރި މީހާގެ ބަންދަށް ހަ ދުވަހު ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑިންޓު ހިނގި ވަގުތުގައި ޕިކަޕް ދުއްވަން އިން އުމުރުން 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެ ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހު ހިތަދޫ ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ހަ ދުވަސް ޖަހާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ އެކްސިޑެންޓް ހިނގަން ދިމާވީ ސައިކަލަކާއި ޕިކަޕެއް ޖެހިއެވެ. އަދި އެކްސިޑެންޓްގައި އަނިޔާ ލިބުނު 14 އަހަރުގެ ފިރިހެން ކުއްޖާ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ. މަރުވެފައި ވަނީ ގދ. ވާދޫ ނެސްޓް، އަރުޝަމް އިބްރާހިމެވެ.  

މީގެ އިތުރުން އެކްސިޑެންޓުގައި އަނިޔާ ލިބުނު އުމުރުން 21 އަހަރު ޒުވާނާ ވަނީ އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އިން އިތުރު ފަރުވާ އަށް އައިޖީއެމްއެޗަށް ފޮނުވާލާފައެވެ.

މި ޒުވާނާގެ ބޯ ފަޅައިގެން ގޮސްފައިވާ އިރު ދެ ފައި ބިންދައިގެން ވަނީ ގޮސްފައެވެ.

- ކޮމެންޓް