ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 12:20
އިހަވަންދޫގައި ރޯވި އަލިފާން ގަނޑު
އިހަވަންދޫގައި ރޯވި އަލިފާން ގަނޑު
ރާއްޖެ އެމްވީ
އަލިފާންރޯވުން
އިހަވަންދޫގައި ބަންނަމުން ދިޔަ ފައިބަރު ދޯނި ރޯކޮށްލި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ!
އަލިފާންރޯވީ އާދިއްތަ ދުވަހުގެރޭ 7:30 ހާއިރު
އަލިފާންގަނޑު ނިންވާލީ ފުލުހުންގެ އެހީތެރިކަމާއި އެކުގައި
ފުލުހުން ދަނީ މިމައްސަލަ ތަހުޤީގު ކުރަމުން

އިހަވަންދޫގައި ބަންނަމުން ދިޔަ ފައިބާ ދޯންޏެއްގައި "ރޯކޮށްލި" މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ފުލުހުންގެ މީޑިއާއިން އަންގާރަ ދުވަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ އެމައްސަަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް އަލީ ރަމީޒް ވިދާޅުވެފައި ވަނީ އިހަވަންދޫގައި ބަންނަމުން ދިޔަ ފައިބަރު ދޯންޏެއްގައި އަލިފާން ރޯވެފައި ވަނީ އާދީއްތަ ދުވަހުގެ ރޭ 7:30 ކަންހާއިރުގައެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ބަންނަމުން ދިޔަ ދޯނީގައި ރޯވި އަލިފާންގަނޑު ނިންވާލާފައި ވަނީ ފުލުހުންނަނާއި އެރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެކުގައި ކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ.

އިހަވަންދޫގައި ބަންނަމުން ދިޔަ ދޯނީގައި އަލިފާން ރޯވި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.

އެދޯނި އެއްކޮށް އަނދާ ހުލިވެފައިވާއިރު، މި ދޯނީގެ މަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

- ކޮމެންޓް