މީހުންނަށް އޭނާ އެނގެން ފަށާފައިވަނީ ބާހޫބަލީ ފިލްމުގެ ސަބަބުން ކަމަށް ޕްރަބާސް ބުނެފިއެވެ.
ބަހޫބަލީ ފިލްމަކީ ދިރިއުޅުން ބަދަލުކޮށްލި ތަޖުރިބާއެއް ކަމަށާއި އެ ފިލްމު ނުނެރުނު ނަމަ މީހުންނަށް އޭނާ އަކީ ކާކު ކަމެއްވެސް ނޭނގޭނެ ކަމަށް ޕްރަބާސް ބުންޏެވެ. އަދި ބާހޫބަލީ ފިލްމުގެ ސަބަބުން މީހުންނަށް އޭނާ އެނގެން ފެށި ކަމަށެވެ.
ޕްރަބާސް ވަނީ ތަމަޅަ ފިލްމުގެ އިތުރުން ބޮލީވުޑް ފިލްމުތަކުގައިވެސް މަސައްކަތް ކުރަން ފަށާފައެވެ.
އެގޮތުން އޭނާ ވަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސްއެއް ކަމަށްވާ ޝްރަދާ ކަޕޫރު އާއި އެއްކޮށް ފިލްމު ސާހޯގައި މަސައްކަތް ކުރަން ފަށާފައެވެ. އަދި މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވަނީ ޕްރަބާސްގެ އުފަންދުވަހު ރިލީޒްކޮށްފައެވެ.
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ތެރޭގައެވެ.