ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 22:55
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް
ރާއްޖެއެމްވީ
ރާއްޖެ ޓީވީ ޕޯލް
ޕޯލްއިން އެނގެނީ ކޯލިޝަންގެ ޕްރައިމަރީއެއް ބޭއްވޭނެކަން: ފައްޔާޒް
ކޯލިޝަން ޕްރައިމަރީއެއް ބޭއްވުމުގެ ރަނގަޅު ފުރުސަތެއް އެބައޮތް
ޕޯލް ކާމިޔާބު ކުރެއްވީ ޤާސިމް އިބްރާޙިމް
އިދިކޮޅު ފަރާތްތަކުން ދަނީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ނެރުމަށް ތައްޔާރުވަމުން

ރާއްޖެ ޓީވީ ޕޯލްގެ ނަތީޖާއިން ސާފުކޮށް އެނގެނީ ކޯލިޝަންގެ ޕާޓީތަކުގެ މެމްބަރުން ހިމެނޭ ޕްރައިމަރީއެއް ކޮމަން ކެންޑިޑޭޓެއް ހޮވުމަށް ބޭއްވިދާނެކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރުމަށް ނިކުންނަން ޖެހޭ ކަމަށް ފެންނަނީ ކޮން ކެންޑިޑޭޓެއްތޯ ބެލުމަށް ނެގި ޕޯލް ކާމިޔާބުކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ.

ފައްޔާޒް ވިދާޅުވީ ޕޯލްގެ ނަތީޖާ އިން ކޮންމެ ކެންޑޭޓަކަށް ވެސް ޕާޓީތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ ކާމިޔާބުކުރުމުގެ ރަނގަޅު ފުރުސަތު އެބައޮތްކަން އެނގޭ ކަމަށެވެ.

ފައްޔާޒް ވަނީ ޕޯލް ކާމިޔާބުކުރެއްވުމުން ޤާސިމް އިބްރާހިމަށް މަރުޙަބާ ދަންނަވާފައެވެ.

އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ ގުޅިފައިވާ ކޯލިޝަންގެ ބޭފުޅުންނަށް އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވުމަކަށް ނާދެވޭނެ ކަމަށް ބުނާ ފަރާތްތަކަށް މިއީ ރަނގަޅު ރައްދެއް ކަމަށެވެ. އަދި އެކިޕޯލްތަކުގެ ނަތީޖާ އެކި ގޮތަށް ނިކުތް ނަމަވެސް، ކޯލިޝަން އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް