ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 22:31
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު (މ): އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް ވަނީ އިއުލާންކޮށްފައި
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު (މ): އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް ވަނީ އިއުލާންކޮށްފައި
މުހައްމަދު ޝަރުހާން
މުހައްމަދު އަމީތު
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އަތުގައި ހިފައިގެން ކޯޓުތަކަށް ވަންނާނަން: އަމީތު
ޝަރުއީ ކޯޓުތަކަށް ވަންނާނީ އިންސާފު ހޯދުމަށް
މަޤާމުގެ ޖާހަތަށްޓަކައި އެތައް ހާސް ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމުން އެކަމުގެ ހިތި ރަހަ ދެކޭނެ
އަމީތަކީ ވެސް މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެއް

ޤާނޫނު އަސާސީގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު ނުބާއްވައި، ޤާނޫނު އަސާސީއާ ހިލާފަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އަމަލުކުރާތީ އެ ކޮމިޝަންގެ މެމްބަރުންގެ އަތުގައި ހިފައިގެން ކޯޓުތަކަށް ވަންނާނެ ކަމަށް މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް ބުނާ ދާއިރާތަކުގެ ބައި-އިލެކްޝަންތައް ބާއްވަން ސަޕްލިމެންޓަރީ ބަޖެޓުން ފައިސާ ހަމަޖައްސައި ދިނުމުން ވެސް، އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތައް ބާއްވާފައެއް ނުވެއެވެ. އަދި އިންތިހާބު ނުބޭއްވޭ ސަބަބެއް ވެސް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް، އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ވާނެއެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ޢާންމު އިންތިހާބާ ދެމެދު އޮތީ ހަ މަސްދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ކަމުގައި ވާ ނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

ޤާނޫނު އަސާސީގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު ބާއްވާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އިންތިހާބު ބޭއްވިޔަސް ނުބޭއްވިޔަސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އަތުގައި ހިފައިގެން ދިވެހިރާއްޖޭގެ ޝައުރީ ކޯޓުތަކަށް ވަންނާނެ ކަމަށާއި، ޝަރުއީ ކޯޓުތަކަށް ވަންނާނީ އިންސާފު ހޯދުމަށް ކަމަށެވެ. އަދި މަޤާމުގެ ޖާހަތަށްޓަކައި އެތައް ހާސް ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތީމައި އެކަމުގެ ހިތި ރަހަ ދެކޭނެ ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.

 

 

އަމީތަކީ ވެސް މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ. އަމީތުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައި ވަނީ އޭނާ ޕާޓީ ވަކިކޮށްފައިވާ ކަމަށް ބުނުމަށް ފަހުއެވެ. ނަމަވެސް އަމީތަކީ ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިން ޕާޓީ އިން ވަކިވުމަށް އެދި ހުށައެޅި ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް