ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 21:00
އިހަވަންދޫގައި ރޯވި އަލިފާން ގަނޑު
އިހަވަންދޫގައި ރޯވި އަލިފާން ގަނޑު
ރާއްޖެ އެމްވީ
އިހަވަންދޫ
އިހަވަންދޫގައި ފައިބަރު ދޯންޏެއް ރޯކޮށްލައިފި
އަލިފާންރޯވީ ހޯމަ ދުވަހުގެރޭ 7:30 ހާއިރު
އަލިފާންގަނޑު ނިންވާލީ ފުލުހުންގެ އެހީތެރިކަމާއި އެކުގައި
ފުލުހުން ދަނީ މިމައްސަލަ ތަހުޤީގު ކުރަމުން

އިހަވަންދޫގައި ބަންނަމުން ދިޔަ ފައިބާ ދޯންޏެއްގައި "ރޯކޮށްލައިފި" އެވެ. މި ދޯނި ވަނީ އަނދައި ހުލިވެފަ އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް އަލީ ރަމީޒް ވިދާޅުވީ އިހަވަންދޫގައި ބަންނަމުން ދިޔަ ފައިބާ ދޯންޏެއްގައި އަލިފާން ރޯވެފައި ވަނީ އާދީއްތަ ދުވަހުގެ ރޭ 7:30 ކަންހާއިރުގައެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ބަންނަމުން ދިޔަ ދޯނީގައި ރޯވި އަލިފާންގަނޑު ނިންވާލާފައި ވަނީ ފުލުހުންނަނާއި އެރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެކުގައި ކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ.

އިހަވަންދޫގައި ބަންނަމުން ދިޔަ ދޯނީގައި އަލިފާން ރޯވި މައްސަލަ ފުލުހުން ތަހްގީގް ކުރަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުންޏެއެވެ.

އަލިފާން ރޯވި ދޯނީގެ މަސައްކަތް ނުކުރާތަށް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް