ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 11:28
ހަވާއިއަން އެއަރލައިންގެ ފްލައިޓެއް
ހަވާއިއަން އެއަރލައިންގެ ފްލައިޓެއް
ވިކިޕީޑިއާ
އައު އަހަރު ފެށުން
2018 ގައި ފުރި ހަވާއިއަން އެއަރލައިންގެ ފްލައިޓެއް 2017 ގައި ޖައްސައިފި
މި ފްލައިޓުން ދަތުރު ކުރި އެންމެންނަށް އައު އަހަރުގެ ފެށުން ދެ ފަހަރު ފާހަގަ ކުރެވުނު

ގަބޫލު ކުރަން ދަތި ވިޔަސް، މިއީ ހަގީގަތެކެވެ. ނިއުޒީލެންޑުން ފުރައިގެން ހަވާއީ އަށް ދަތުރު ކުރި ފްލައިޓެއް ވަގުތާ އިދިކޮޅަށް ދަތުރު ކޮށްފިއެވެ. ފްލައިޓް ނައްޓާލީ 2018 ވަނަ އަހަރު ފެށުނު ފަހުންނެވެ. ފްލައިޓް ހަވާއީ އަށް ޖެއްސީ 2017 ގައެވެ.

ހަވާއިއަން އެރލައިންސްގެ ފްލައިޓް އެޗް.އޭ 446 ނައްޓާލީ ނިއުޒީލެންޑްގެ އޯކްލޭންޑުން 2018 ފެށުނުކަން އިއުލާނު ކުރި ފަހުންނެވެ. އިރު 2017 ވަނަ އަހަރު އަދި ނުނިމެއެވެ. ފްލައިޓް ދަތުރު ކުރި ގޮތް "ފްލައިޓް ރާޑަރ24" އިން ސޯޝަލް މީޑިއާގައި ވަނީ ހިއްސާ ކޮށްފައެވެ.

މި އާދަޔާ ޚިލާފް ދަތުރުގެ ވާހަކަ އާއްމުވުމުން ސޯޝަލް މީޑިއާގައި މީހުން މިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވި ކަން ފާހަގަ ކުރެވެއެވެ. ބައެއް މީހުން މިއީ ކިހިނެއް ވާނެ ކަމެއްތޯ ސުވާލު ކޮށްފައިވެއެވެ.

އޯކްލޭންޑުން ފުރި މި ފްލައިޓް ނައްޓާލީ ޝެޑިއުލަށް ވުރެ 10 މިނެޓް ފަހުންނެވެ. ފުރަން ހަމަ ޖެހިފައި އޮތީ، 23:55 ގައެވެ. 10 މިނެޓް ލަސްވުމުން ބޯޓު ނައްޓާލީ 00:05 ގައެވެ. އެހެން ކަމުން ބޯޓުން ދަތުރު ކުރި މީހުންނަށް އައު އަހަރު ދެ ފަހަރަށް ފާހަގަ ކުރުމަށް ފުރުސަތު ލިބިގެން ދިޔައީއެވެ.

- ކޮމެންޓް
1 ޖެނުއަރީ 2018 | ހޯމަ 20:15
ތިތެޅިބާލަނީ
ކުރާނެކަމެށްނެތިގެންތަ ތިތެޅިބާލަނީ!