ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 08:34
އަމީތާބް ބައްޗަން
އަމީތާބް ބައްޗަން
އިންޑިއަން އެކްސްޕްރެސް
އަމީތާބް ބައްޗަން
އަމީތާބްގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އޭނާ ބުނެފި
އަމީތާބް ބަލިވުމުން އޭނާ ވަނީ ޝޫޓިންތަކާއި ދުރަށްގޮސްފައި
ވަރަށް އަވަހަށް ޝޫޓިންތަކާއި ގުޅޭނެ ކަމަށް ވަނީ ބުނެފައި

ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ފިލްމުތަކަށް އެނބުރި އަންނާނެ ކަމަށް ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަން ބުނެފިއެވެ.

އަމީތާބް މިދިޔަ ހަފްތާތެރޭގައި ބުނެފައިވަނީ އޭނާގެ ވައަތު ކޮނޑު ހުޅުގައި ރިއްސާތީ އޭނާ ރިއްސުން ކުޑަކުރަނީ ކޮންމެ ފަހަރަކު ވެސް އައިސްޕެކް އަޅައިގެން ކަމަށެވެ.

އަދި މިފަހަރު އޭނާ ޝޫޓިންގެ ތެރޭގައި އުޅުނު ދުވަސްވަރު އެ ތަދު ބޮޑުވީކަމަށް އޭނާ ބުނެފައިވެއެވެ. ޑޮކްޓަރަށް ދެއްކުމުން ދުވަސް ކޮޅަކަށް ބެޑް ރެސްޓު ކުރުމަށް އަންގާފައިވާ ކަމަށް އަމީތާބް ވަނީ ބުނެފައެވެ. ޑޮކްޓަރުގެ އެދުމުގެ މަތިން އޭނާ ބެޑްރެސްޓު ކުރަމުންދާ ކަމަށާއި އޭނާގެ ހާލު މިހާރު ކުރިއަށް ވުރެ ރަނގަޅު ވަމުންދާ ކަމަށް އަމީތާބް ބުނެފައިވެއެވެ.

އަމީތާބް ބުނީ އޭނާ ބަލިވުމުން އާއިލާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ. އަދި އޭޏާގެ ސަޕޯޓަރުން އޭނާއަށް ކުރި ހެޔޮދުއާ ބަލައިގަނެފައިވާ ކަމަށް އަމީތާބް ބުންޏެވެ.

އަމީތާބު ވަނީ އޭނާގެ އާއިލާއާއި ސަޕޯޓަރުން ދޭ ސަޕޯޓަށް އަދި ހެޔޮ އެދުމަށް ޝުކުރު އަދާކޮށްފައެވެ.

އަމީތާބް ދެން ފެނިގެން ދާނީ "102 ނޮޓް އައުޓް" އަދި" ތަގްސް އޮފް ހިންދުސްތާން" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް