ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 00:23
ރައީސް ޔާމީން ތަގުރީރު ކުރައްވަނީ
ރައީސް ޔާމީން ތަގުރީރު ކުރައްވަނީ
ގޫގުލް
ރައީސް ޔާމީން
ނިމިގެންދިޔަ ހަތަރު އަހަރަކީ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރުތަކެއް: ރައީސް ޔާމީން
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވެވި ތަހުނިޔާގެ ހާއްސަ ހިތާބެއްގަ

ނިމިގެންދިޔަ ހަތަރު އަހަރަކީ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާއި ދަތި އުނދަގޫތަކެއް ތަހައްމަލް ކުރަންޖެހުނު ހަތަރު އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވެވި ތަހުނިޔާގެ ހާއްސަ ހިތާބެއްގައެވެ. މި ހިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެ ގޮންޖެހުންތަކާއި ދަތި އުނދަގޫތައް އަހަރަކަށްވުރެ އަހަރެއް އިތުރުވެ އެތައް ގުނައަކަށް ބޮޑުވި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެ ގޮންޖެހުންތަކާއި ކުރިމަތިލައި ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވިފައިވާ ކަމަށެވެ. އަދި ގައުމުގައި ދިމާވި އެކި މައްސަލަތަކުގެ ހައްލު ދަތިއުނދަގޫތަކުގެ ތެރެއިން ހޯދައިދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މި އަހަރުގެ ތެރޭގައި ކުރިޔަށްދާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްދެއްވި ބަޖެޓުގައި ވެސް އެންމެ އިސްކަމެއް ދީފައިވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން ފުރިހަމަ ކުރުމަށް ކަމަށް އެމިނިކުފާނު ވިދާޅުވެފައިވެއެވެ.

ނިމިގެންދިޔަ 2017 ވަނަ އަހަރަށް އިޝާރާތްކުރަށްވާ އެމަނިކުފާނު ވިދާޅުވެފައިވަނީ އެ އަހަރަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދިނުމަށްޓަކައި އެތައް މަޝްރޫއުތަކެއް ނިންމައި އެތަކެއް މަޝްރޫއުތަކެއް ފެށިފައިވާ އަހަރެއް ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު ވޭތިވެދިޔަ ހަތަރު އަހަރަކީ ރާއްޖޭގެ އެތެރެއިންނާއި ބޭރުން އެމިނިކުފާނުގެ ސަރުކާރަށް ބޮޑެތި ފިއްތުންތަކާއި ކުރިމަތިވި އަހަރުތަކެވެ. އެމަނިކުފާނާއި ކުރިމަތިވި ގޮންޖެހުންތަކާއި ކުރިމަތިލެއްވުމުގެ ބަދަލުގައި ފެނިގެންގޮސްފަވަނީ ލިބިފައިވާ ބާރުގެ ބޭނުން ކުރައްވައި އެ ގޮންޖެހުންތަކުން ރެކިވަޑައިގަންނަވަން މަސައްކަތް ކުރެއްވި މަންޒަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް