ކ. މާލެ
|
31 ޑިސެންބަރ 2017 | އާދީއްތަ 23:53
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 'ސާސްކަފުގެ 17' ފޮތް ނެރެދެއްވެއްވުމުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 'ސާސްކަފުގެ 17' ފޮތް ނެރެދެއްވެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ފޮތް ނެރެދެއްވުން
ރައީސް ޔާމީން "ސާސްކަފުގެ 17" ފޮތް ނެރެދެއްވައިފި
ސާސްކަފު 17' ފޮތަކީ ވޭތުވެދިޔަ 17 އަހަރު ތެރޭ ރާއްޖޭގެ ތާރީޚްގައި ހިނގާފައިވާ މުހިންމު އެކިއެކި ކަންކަން ހިމަނާފައިވާ ފޮތެއް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 'ސާސްކަފުގެ 17' ފޮތް ނެރެދެއްވައިފިއެވެ.

ރައީސުޖްލުމްހޫރިއްޔާ މިފޮތް ނެރެދެއްވީ އާ އަހަރުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމަށް އަލިމަސް ކާނިވާ ސަރަޙައްދުގައި ބޭއްވި 'ވެލްކަމް 2018' މިއުޒިކް ޝޯގެ ތެރެއިންނެވެ.

ސާސްކަފު 17' ފޮތަކީ ވޭތުވެދިޔަ 17 އަހަރު ތެރޭ ރާއްޖޭގެ ތާރީޚްގައި ހިނގާފައިވާ މުހިންމު އެކިއެކި ކަންކަން ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. މިފޮތް ބަހާލެވިފައިވާ ހަ ބައިގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ވެރިކަމާއި އިދާރީ ހިންގުން، މާލިއްޔަތާއި އިޤުތިޞާދު އަދި ރަށްވެހިކަމާއި އުމުރާނީ ތަރައްޤީ، ކާރިސާތަކާއި ބޮޑެތި ހާދިސާތައް، ދާޚިލީ ޙަރަކާތްތަކާއި އަމަންއަމާންކަން، ތަޢުލީމާއި ޞިއްޙަތު އަދި ޒުވާނުންނާއި ކުޅިވަރުގެ އިތުރުން ޤައުމިއްޔަތާއި އިޖުތިމާއިއްޔަތު އަދި މީޑިއާ އާއި ޓެކްނޮލޮޖީއެވެ.

އާ އަހަރުގެ ޝޯ ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް