ކ. މާލެ
|
31 ޑިސެންބަރ 2017 | އާދީއްތަ 21:55
ރައީސް ޔާމީން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މަޖިލިސް މެމްބަރުންނާ ބައްދަލުކުރައްވަނީ
ރައީސް ޔާމީން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މަޖިލިސް މެމްބަރުންނާ ބައްދަލުކުރައްވަނީ
ޓްވިޓަރ
ޕީޕީއެމް ތަހުނިޔާ މެސެޖު
އާ އަހަރު ބައްދަލުކުރަނީ އުއްމީދުތަކެއް އާ ކުރަމުން:ޕީޕީއެމް
ނިމިގެންމިދާ އަހަރުގެ ތެރޭގައި ގިނަގުނަ ކާމިޔާބީތަކެއް ލިބުނު
ގިނަ ގޮންޖެހުންތަކާއިވެސް ކުރިމަތިވި

މީލާދީ ގޮތުން އަހަރެއް ނިމި އައު އަހަރަކާ ބައްދަލުކުރަނީ އުއްމީދުތަކެއް އާކުރަމުން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

އާދިއްތަ ދުވަހު ޕީޕީއެމް އިން ފޮނުވި ތަހުނިޔާ މެސެޖުގައި ބުނެފައިވަނީ 2017 ވަނަ އަހަރު ލިބުނު ގިނަގުނަ ކާމިޔާބީ އާއި ކުރިމަތިވި ގޮންޖެހުންތަކުން އިބުރަތް ހާސިލުކުރެވުނު ކަމަށެވެ.

"މާތް ﷲގެ އިރާދަފުޅާއެކު އަލަށް މިރޭ ފެށޭ 2018 ވަނަ އަހަރާއި މި ޕާޓީން އިސްތިގުބާލުކުރަނީ ފާއިތުވެގެން މިދާ އަހަރުގެ ތެރޭގައި ލިބުނު ތަޖުރިބާ އާއި ހާސިލުވި އިބުރަތްތަކުން ފިލާވަޅު ނަގަމުން ގަދަ ހިތްވަރާއި ފަންވަރާއި އަޒުމުގައި،" ތަހުނިޔާ މެސެޖުގައި ވަނީ ލިޔެފައެވެ.

މި ނިމޭ އަހަރު ޕާޓީ އަށް ހާސިލްވި އިބުރަތްތެރި ފިލާވަޅުތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ވަތޮން ދިފާއު ކުރުމުގެ ވަރުގަދަ އަޒުމުން ކަމަށްވެސް ތަހުނިޔާ މެސެޖުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ނިމޭ އަހަރު ހާސިލްވި އިބުރަތްތަކަކީ ދިވެހިންގެ ސަގާފަތާއި އާދަކާދަ ހިމާޔަތްކުރުމާއި އެންމެހާ ދިވެހި ލޮބުވެތި އަހުންނާއި އުޚުތުންގެ ހައްގުތައް ކަށަވަރުކޮށްދީ ތަހުދީބާއި ތަމައްދުންގެ ރާސްތާގައި ގައުމާއި ގައުމުގެ ރައްޔިތުންނާއިގެން ކުރިއަރައި ދިއުމުގެ ޖޯޝުގައި ސާބިތުވެ ކެރި ތިބުން ކަމުގައިވެސް ތަހުނިޔާ މެސެޖުގައިވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް