ކ. މާލެ
|
31 ޑިސެންބަރ 2017 | އާދީއްތަ 17:33
ޕަދްމަވަތީ ފިލްމް
ޕަދްމަވަތީ ފިލްމް
ގޫގުލް
ފިލްމް ޕަދްމަވަތީ
ސެންސަރު ބޯޑުން ޕަދްމަވަތީ އެޅުވުމުގެ ހުއްދަ ދީފި
ޕަދްމަވަތީ މީގެ ކުރިން ސިނަމާތަކަށް އަންނަން އޮތް ދުވަހަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަސް
ޕާދްމަވަތީ ޝޫޓް ކުރަމުން ދިޔައިރު ވެސް އެތަކެއް ދަތި ހުރަސްތަކާއި ކުރިމަތިލާން ޖެހުނު

އިންޑިއާގައި މައްސަލަ ބޮޑުވެފައިވާ ފިލްމު، ޕަދްމަވަތީ އެޅުވުމަށް ސެންސަރު ބޯޑުން ހުއްދަ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕަދްމަވަތީ ސިނަމާތަކަށް އަންނަން މީގެ ކުރިން އޮތް ދުވަހަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހެވެ،  އެހެންނަމަވެސް އެ ދުވަހު ފިލްމު އެޅުވުން ލަސްކުރީ ފިލްމް އެޅުވުމުގެ ހުއްދަ ހޯދުމަށްޓަކައި އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އަށް ފޮނުވުމުން އެ ބޯޑުން އެޕްލިކޭޝަން ފުރިހަމަ ނޫން ކަމަށް ބުނެ ފިލްމް އަނބުރާ ފޮނުވާލުމާއި ގުޅިގެންނެވެ.

އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އިން އިންޑިއާގެ ނޫސްތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ޕަދްމަވަތީ ފިލްމުގެ މަންޒަރުތައް ކަނޑަން އިރުޝާދު ދީފައި ނުވާނެ ކަމަށެވެ.

މިއީ މީލާދީން 1303 ވަނަ އަހަރު އިންޑިއާގައި ވެރިކަން ކުރެއްވި އަލާއުއްދީން ޚިލްޖީގެ އަނިޔާވެރި ރަސްކަމުގައި އޭނާ އަށް ރާޖްޕޫތުގައި ކުރިން ވެރިކަން ކުރި ރާނީ ޕަދްމަވަތީ ދެކެ ލޯބިވެގެން އޭނާ ހޯދުމަށް ކުރާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމްގައި ހަޤީގަތާއި ޚިލާފު ބައެއް ވާހަކަތައް ހިމެނޭ ކަމަށް ބުނެ ރާޖްޕޫތު ގްރޫޕްތަކުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންހްގެ ސެންސަރު ކުރަންޖެހޭ މަންޒަރުތައް މިފިލްމުގައި ހިމަނާފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ބުނެފައި ވަނީ މި ފިލްމުގައި އޭގެ މަންޒަރުތަކެއް ނުހިމެނޭނެ ކަމަށާއި ފިލްމު ބެލުމުން އެކަން އެނގިގެން ދާނެ ކަމަށެވެ.

"ޕާދްމަވަތީ" ޝޫޓް ކުރަމުން ދިޔައިރު ވެސް އެތަކެއް ދަތި ހުރަސްތަކާއި ކުރިމަތިލާން ޖެހުނެވެ. މި ފިލްމުގެ ޝޫޓިންގައި ފިލްމްގެ ކުރޫއާއެކު ޖެއިޕޫރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ޕޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގާފައިވެއެވެ.

އަފި ފިލްމް ޝޫޓިންގައި ބޭނުން ކުރަމުން ދިޔަ ކެމެރާތަކާއި އެހެނިހެން އަގު ބޮޑެތި ސާމާނުތައް ހަލާކު ކޮށްލާފައިވެއެވެ. ފިލްމް އެޅުމުވުމަށް ސެންސަރު ބޯޑުން ހުއްދަ ދީފައިވީ ނަމަވެސް ފިލްމް އަޅުވާނެ ތާރީހެއް ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ހާމައެއް ނުކުރެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް