ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 17:08
ހިންނަވަރު ހިއްކި ބިމުގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނީ
ހިންނަވަރު ހިއްކި ބިމުގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނީ
ރާއްޖެ އެމްވީ
ޅ. ހިންނަވަރު
ރައްޔިތުން އިހްތިޖާޖްކުރުމުން ހިންނަވަރު ބިމުގެ މައުލޫމާތު ހިއްސާކުރަނީ
ހިއްކި ބިމުން 13 ހެކްޓަރުގެ ސަރަހައްދުން ތައިލަންޑް ކުންފުންޏަކަށް ދީފައިވާ ކަމުގެ މައުލޫމާތު ލިބޭ
ކައުންސިލުން މައުލޫމާތު ހާމަކުރާކަށް ބޭނުމެން ނުވޭ
ރައްޔިތުން ނިކުމެ ހިއްކި ބުމުގައި ވަނީ ރޯނު ދަމާފައި

ހިންނަވަރު ހިއްކި ބިން ބޭރުގެ ކުންފުންޏަކަށް ދިން ކަމަށް ބުނާ މައްސަލައިގައި ރައްޔިތުން ނުކުމެ އިހްތިޖާޖް ކުރުމުން، އެކަމާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ހިންނަވަރު ކައުންސިލުން އެއްބަސް ވެއްޖެއެވެ.

ހުކުރު ދުވަހު ހަވީރު ހިންނަވަރުގެ ބައެއް ރައްޔިތުން ވަނީ، އެރަށު ހިއްކި ބިމުން 13 ހެކްޓަރުގެ ސަރަހައްދެއް ތައިލަންޑް ކުންފުންޏަކަށް އެރަށު ކައުންސިލުން ދިފާއިވާ ކަމަށް ބުނެ އިހްތިޖްޖާކޮށްފައެވެ. އެމީހުން ކަންބޮޑުވުން ފާޅުކުރީ ހިއްކި ބިން ބޭރުގެ ކުންފުންޏަކަށް ދީފާއިވާތީ އެކަމަށް ހިންނަވަރު ކައުންސިލުން ރައްޔިތުންނަން ޖަވާބުދާރީ ނުވާތީއެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހީމް ވިދާޅުވީ އެރަށު ހިއްކި ބިން ބޭރުގެ ކުންފުންޏަކަށް ދިން ކަމަށް ބުނާ މައްސަލައިގެ މައުލޫމާތު އަންނަ ހަފްތާގެ ތެރޭގައި ރައްޔިތުންނަން ހިއްސާކުރާނެ ކަމަށެވެ. ތައިލެންޑްގެ ކުންފުންޏަކަށް އެ ސަރަހައްދު ދިންތޯ ސުވާލުކުރުމުން ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ ވަކި އެއްބަސްވުމެއްގެ ދަށުން އެސަރަހައްދުގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެކަންކަމުގެ މައުލޫމާތު ރައްޔިތުންނަން ހިއްސާކުރުމަށް ފަހު މީޑިއާއަށް ވެސް މައުލޫމާތު ދޭނެ ކަމަށް ހިންނަވަރު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިންނަވަރު ހިއްކި ބިން ތައިލެންޑް ކުންފުންޏަކަށް ކުއްޔަން ދީފައި ވަނީ އެ ސަރަހައްދުގައި ހުއިފި ލަނޑާ އާލާކުރުމުގެ މަޝްރޫއެއް ހިންގުމަށެވެ. އަދި އެސަރަހައްދުގައި މަސައްކަތް ފަށައި، އިމާރަތް ކުރުމަށް މިހާރު ވަނީ ފައުންޑޭޝަން ވެސް އަޅާފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އެ ރަށު މީހަކު ބުނީ އެ ބިން އެންމެ ފުރަތަމަ ދޭން މަޝްވަރާކޮށްފައި ވަނީ މިދިޔަ ދައުރުގައި އެމްޑީޕީ ކައުންސިލްގެ މެންބަރުން ތިއްބައި ކަމަށެވެ. އޭރު އެ މަސައްކަތާ ދެކޮޅަށް ޕީޕީއެމްގެ މެންބަރުންނާއި މިހާރު ކައުންސިލްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވެސް ވާހަކަ ދެއްކެވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މި ދައުރާ ޖެހެންދެން އޮތް އެމްޑީޕީގެ ކޮންޓްރޯލް ގެއްލި ޕީޕީއެމްގެ މެންބަރުންނަށް ކައުންސިލްގެ ހަތަރު ގޮނޑި ލިބުމުން، ކުރިން މަޝްވަރާކުރި ވަރަށް ވުރެ ބޮޑު ސަރަހައްދެއް ތައިލެންޑްގެ ކުންފުންޏަށް ކުއްޔަށް ދޭން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެނގިފައިވާ ގޮތުގައި ރަށް ތޮއްޖެހި ބިމުގެ ގެދޮރުގެ ދަތިކަން ކުރިމަތިވުމުން ގޯތި ދޫކުރުމަށް އެމްޑީޕީ ސަރުކާރުން ހިއްކި ބިން، ތައިލެންޑްގެ ކުންފުންޏަކަށް ދީފައި ވަނީ ދިގު މުއްދަތަކަށް ކުޑަ ކުއްޔަކަށެވެ. އަދި ބިމުގެ އިތުރުން އެ ސަރަހައްދު ދޫކޮށްފައި ވަނީ ފަޅު ވެސް ބޭނުންކުރެވޭ ގޮތަށެވެ. އަދި އެ ސރަހައްދު ހެދުމަށް ގެންނަ ސާމާނު ބަހައްޓާފައި ހުރީ ވެސް ރަށުގައި ކުރިން ސްކޫލް ހިންގި އިމާރާތުގެ ތެރޭގައެވެ. އެތަން ވެސް އެ ކުންފުނީގެ ބޭނުމަށް ދޫކޮށްފައި ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށް އެ ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް