ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 16:32
ޑީޖޭއޭ
ޑީޖޭއޭ
ޓްވިޓަރ
ޑީޖޭއޭ
މަސައްކަތް ކުރުމަށް ފަހު 103 ފަރާތަކުން ބިލް ހުށަހަޅާފައެއް ނުވޭ: ޑީޖޭއޭ
ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ނިންމަންޖެހޭ ލިޔެކިޔުންތައް ނިންމުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފައި
ވީހާ ވެސް އަވަހަކަށް އެ ޚިދުމަތެއް ނުވަތަ މަސައްކަތެއްގެ އިންވޮއިސް ހުށަހެޅުމަށް ވަނީ އަންގާފައި

ޝަރުއީ ދާއިރާގެ ތަފާތު އެކި މަސައްކަތް ކުރުމަށް ފަހު 103 ފަރާތަކުން ބިލް ހުށަހަޅާފައިނުވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން ޑިސެމްބަރު 27 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާޢިޢު ކޮށްފައިވާ ދެންނެވުމުގައި ބުނެފައި ވަނީ އެކި ފަރާތްތަކުން ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތްތަކާ ގުޅިގެން، އެ ފަރާތްތަކުން ހުށަހަޅަން ޖެހޭ އިންވޮއިސްތައް ހުށަހެޅުން ލަސްވުމުގެ ސަބަބުން، ޑީޖޭއޭ އިން އެފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ނިންމަންޖެހޭ ލިޔެކިޔުންތައް ނިންމުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރުގެ ނިމުމަކާ ހަމައަށް އައިސްފައިވާއިރު، އެ ޑިޕާޓްމަންޓުން ޕަރޗޭސް އޯޑަރ ފޮނުވައިގެން ޚިދުމަތާއި ތަކެތި ފޯރުކޮށްދީފައިވާ 103 ފަރާތަކުން މިއަދާ ހަމައަށް އެ ޑިޕާޓްމަންޓަށް އިންވޮއިސް ހުށަނާޅާކަން ދެންނެވުމުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ޑިޕާޓްމަންޓުގެ ފަރާތުން މަސައްކަތް ޙަވާލުކުރެވޭ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތާއި ތަކެތި ފޯރުކޮށްދިނުމަށް ފަހު، ވީހާ ވެސް އަވަހަކަށް އެ ޚިދުމަތެއް ނުވަތަ މަސައްކަތެއްގެ އިންވޮއިސް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ.

ޝަރުޢީ ދާއިރާގެ އިތުރުން ސަރުކާރުގެ ބައެއް އެހެން އިދާރާތަކަށް ވެސް މި މައްސަލަ ކުރިމަތިވެއެވެ. މީގެ އިތުރުން އިންވޮއިސް ހުށަހެޅި ނަމަވެސް ފައިސާ ދޫކުރުމުގައި ވެސް ބައެއް ފަހަރު ލަސްވުމުގެ ޝަކުވާތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެ ގޮތުން އާސަންދައިގެ ޚިދުމަތް ދޭ ކްލިނިކްތަކަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ޝަކުވާ ވެސް ފެންމަތިވެފައި ވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް