ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 13:12
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އާއި އެ މިނިސްޓްރީގެ އިސްވެރިން މަޖިލީހުގައި
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އާއި އެ މިނިސްޓްރީގެ އިސްވެރިން މަޖިލީހުގައި
އަޒުމޫން އަހުމަދު
ފިނޭންސް މިނިސްޓްރީ
މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކުރި ޚަރަދަށް ވުރެ އާމްދަނީ 277 މިލިއަން ރުފިޔާ އިތުރުވެއްޖެ
މިއަހަރަށް ކަނޑައެޅި ބަޖެޓުން ނުވެގެން ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރި
ސަޕްލިމެންޓްރީ ބަޖެޓްގެ ގޮތުގައި 493 މިލިއަން ރުފިޔާ
ލިބޭނެ ކަމަށް ބުނި އާމްދަނީ ލިބިފައެއްވެސް ނުވޭ

މި 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޚަރަދަށް ވުރެން ލިބިފައިވާ އާމްދަނީ 277.6 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީ އާއްމު ކޮށްފައިވާ ނޮވެމްބަރު މަހުގެ ބަޖެޓްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ މިއަހަރުގެ ނޮވެމްބަރު ބަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 18.2 ބިލިއަން ރުފިޔާ އެވެ. މި މުއްދަތުގައި ޚަރަދުވެފައި ވަނީ 18.01 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކޮށްފައިވާ ޚަރަދަށް ވުރެ، ލިބިފައިވާ އާމްދަނީން 277.6 މިލިއަން ރުފިޔާ އަރަނި ވެފައިވެއެވެ.

މިދިއަ އަހަރު ރައްޔިތުންގެ މަޖިލީހުން މި ހިނގާ 2017 ވަނަ އަހަރުގެ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައި ވަނީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓް ދެކޮޅު ނުޖެހުމުގެ ސަބަބުން އޮކްޓޯބަރު މަހުގެ ފަހު ހަފްތާގެ ތެރޭގައި ސަރުކާރުން ވަނީ މަޖިލީހަށް 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާ ފާސްކޮށްފަ އެވެ.

ސަޕްލިމެންޓަރީ ބަޖެޓާއި އެކު 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއަށް ބަލައި، މިއަހަރުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާއެވެ. އަދި ޚަރަދު ހިނގަމުންދާ މިންވަރަށް ބަލައި މިއަހަރުގެ ނިޔަލަށް ޖުމްލަ ޚަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 22.2 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް