ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 09:20
އެކުވެރިން އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އިންޑިއާ ސިފައިންނާއި ރާއްޖޭގެ ސިފައިން
އެކުވެރިން އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އިންޑިއާ ސިފައިންނާއި ރާއްޖޭގެ ސިފައިން
އެމްއެންޑީއެފް
އެކުވެރިން ތަމްރީނުތައް
އިންޑިއާއާއި ރާއްޖޭގެ އަސްކަރިއްޔާގެ "އެކުވެރިން" ތަމްރީނުތައް ނިންމާލައިފި
ރާއްޖޭގެ 45 ސިފައިން ތަމްރީނުތަކުގައި ބައިވެރިވި
އިންޑިއާގެ 42 އޮފިސަރުން ބައިވެރިވި
އެކުވެރިން ތަމްރީނުތަކުގެ އަށް ވަނަ ބުރު

ރާއްޖޭގެ ސިފައިންނާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ "އެކުވެެރިން" އަސްކަރީ ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިމަހުގެ 15 އިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ތަމްރީނުތައް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ބެލްގާމްގެ މެރަތާ ލައިފް އިންފެންޓްރީ ރެޖިމެންޓަލް ސެންޓަރުގައެވެ.

އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ހުޅަނގު ދެކުނުގައި އޮންނަ ބެލްގާމް ސިޓީގައި ކުރިއަށް ދިޔަ މި އެކްސައިޒްގައި އެމްއެންޑީއެފްގެ ދެ އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ 43 ސިފައިންނާއެކު ޖުމްލަ 45 ސިފައިން ބައިވެރިވިއެވެ.

އެކުވެރިން އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އިންޑިއާ ސިފައިންނާއި ރާއްޖޭގެ ސިފައިން

މީގެ އިތުރުން އިންޑިއާގެ ސިމޫރު ރައިފަލް ބެޓޭލިއަން އަށް ނިސްބަތްވާ ތިން އޮފިސަރުންނާއި 39 ޖޫނިއަރ ކަމިޝަންޑް އޮފިސަރުން ބައިވެރިވިއެވެ. މި އެކްސަސައިޒް ކުރިއަށް ދިޔައިރު އެމްއެންޑީއެފްގެ މެރިންކޯރގެ ކޮމާންޑަރ ބްރިގޭޑިއަ ޖެނެރަލް އަލީ ޒުޙައިރު ވަނީ ފައިނަލް އެކްސަސައިޒް ބައްލަވާލައްވާފައެވެ.

މި އެކްސަސައިޒުގައި ކިޔަވައިދެއްވާފައި ވަނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ. 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "އެކްސަސައިޒް އެކުވެރިން" އަކީ ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ އެކްސަސައިޒެކެވެ. މިއީ މިގޮތުން ބޭއްވި އަށް ވަނަ އެކްސަސައިޒެވެ.

އިންޑިއާ އަސްކަރިއްޔާ އާއި އެމްއެންޑީއެފް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ މި އެކްސަސައިޒް މިދިޔަ އަހަރު ބާއްވާފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ލ. ކައްދޫ ޓްރެއިނިންގ ސެންޓަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް