ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 08:38
ފެމިލީ ކޯޓް: އުސޫލަށް އަމަލު ކުރުން ހުއްޓާލީއްސުރެ ދޮށީ އަންބަށް ނޭނގި ކުރާ އިތުރު ކައިވެންޏާއި، އެކަން 'ފަޅާއެރުމުގެ ސަބަބުން" ވަރިވުމަށް އެދި ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށް އޮފިޝަލުން ބުނޭ
ފެމިލީ ކޯޓް: އުސޫލަށް އަމަލު ކުރުން ހުއްޓާލީއްސުރެ ދޮށީ އަންބަށް ނޭނގި ކުރާ އިތުރު ކައިވެންޏާއި، އެކަން 'ފަޅާއެރުމުގެ ސަބަބުން" ވަރިވުމަށް އެދި ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށް އޮފިޝަލުން ބުނޭ
ގޫގުލް
ފެމިލީ ކޯޓު
ފިރިމީހާ އިތުރު މީހަކާއި ކައިވެނިކުރާއިރު ދޮށީއަނބިންނަށް އެންގުން ހުއްޓާލިތާ އަހަރެއް!
ޤާނޫނުގައި އެކަންކުރަން ލާޒިމެއް ނުކުރޭ
މިހާތަނަށް ކުރަމުން އައީ ޚަރަދު ދޭތޯ ކަށަވަރުކުރުމުގެ އުސޫލުގެ ތެރެއިން

ކައިވެނިކޮށްގެން އުޅޭ ފިރިހެނަކު ދެ އަންބަށް، ނުވަތަ އެއަށް ވުރެ ގިނަ އަންބަށް ކައިވެނި ކުރާއިރު، ދޮށީ އަންބަށް ނުވަތަ އަނބީންނަށް އެކަން އެންގުން ފެމިލީ ކޯޓުން ހުއްޓައިލިތާ އަހަރެއް ވެއްޖެއެވެ.

ފެމިލީ ކޯޓުން މިފަދައިން އަމަލުކުރުން ހުއްޓައިލިތާ އަހަރެއް ވެފައިވާއިރު، އެ ކޯޓުން އެފަދަ ހާލަތެއްގައި ދޮށީ އަންބަށް ނުވަތަ އަނބީންނަށް އެކަން އަންގަމުންދިޔައީ 'ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރި ރަޖިސްޓްރީ ކުރުމާބެހޭ ޤަވާޢިދު' ގެ 32 ވަނަ މާއްދާގެ (ޅ) ގެ ދަށުން ކޯޓަށް ލިބޭ އިޚުތިޔާރަކުންނެވެ.

އެ މާއްދާގައި ބުނެފައިވަނީ، "އަނބިމީހާއަށާއި ދަރިންނަށް ފިރިމީހާ ޚަރަދު ކުރޭތޯ ބެލުމަށް އަނބިމީހާ ކޯޓަށް ޙާޟިރުކޮށް ބަޔާން ނެގުން މިޤަވާޢިދު މަނައެއް ނުކުރެއެވެ. އަދި މިގޮތުން އަނބިމީހާ ކޯޓަށް ޙާޟިރުވުމަށް ތިން ފަހަރަށް ކޯޓުން ޗިޓު ފޮނުވުމުން ޙާޟިރު ނުވެއްޖެނަމަ ފިރިމީހާ ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކައިވެނިކޮށްދިނުމުގެ އިޚުތިޔާރު ކޯޓަށް ލިބިގެން ވެއެވެ."

މިކަމާއި ގުޅިގެން ފެމިލީ ކޯޓުން ބުނެފައިވަނީ 'ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރި ރަޖިސްޓްރީ ކުރުމާބެހޭ ޤަވާޢިދު' ގެ 32 ވަނަ މާއްދާގެ (ޅ) ގެ ދަށުން ކޯޓަށް ލިބޭ އިޚުތިޔާރުގެ ދަށުން، ފިރިހެނަކު ދެ އަންބަށް، ނުވަތަ އެއަށް ވުރެ ގިނަ އަންބަށް ކައިވެނިކުރާއިރު، ދޮށީ އަންބަށް ނުވަތަ އަނބީންނަށް އެކަން އަންގަމުން ދިޔަދިޔުން މީގެ އަހަރެއްހާ ދުވަސް ކުރިން ހުއްޓާލާފައިވާ ކަމަށެވެ.

ރާއްޖެއެމްވީއާއި ވާހަކަދެއްކި ކޯޓުގެ އޮފިޝަލަކު ބުނީ މި ބަދަލާއި ގުޅިގެން ދޮށީ އަންބަށް ނޭނގި ކުރާ އިތުރު ކައިވެންޏާއި، އެކަން 'ފަޅާއެރުމުގެ ސަބަބުން" ވަރިވުމަށް އެދި ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
30 ޑިސެންބަރ 2017 | ހޮނިހިރު 11:44
ދީމާ
އަންހެނުންގެ ހަޔާތަށް އިތުރު އަދިރިކަމެއް