ކ. މާލެ
|
29 ޑިސެންބަރ 2017 | ހުކުރު 17:03
އަހަރުގެ މަޤްބޫލު ޝަޚިސިއްޔަތަށް ހޮވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު
އަހަރުގެ މަޤްބޫލު ޝަޚިސިއްޔަތަށް ހޮވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު
ގޫގުލް
ރާއްޖެ ޓީވީ ޕޯލް
އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތަކަށް ރައީސް ނަޝީދު
ރައީސް ނަޝީދަށް 72 އިންސައްތަ ވޯޓު ލިބިވަޑައިގަތް
ރައީސް ޔާމީނަށް ލިބިވަޑައިގަތީ 22 އިންސައްތަ ވޯޓު
މިއީ ފަހުގެ ތާރީޚެއްގައި ނެގުނު މިފަދަ ޕޯލެއްގައި އެންމެ ގިނަ މީހުން ބައިވެރިވި ފަހަރު

ރާއްޖެ ޓީވީ އިން ހުޅުވާލި އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތު ޕޯލް އިން ބޮޑު ތަފާތަކުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރި ހޯއްދަވައިފިއެވެ.

ޓްވިޓަރގައި ބުރާސްފަތި ދުވަހު ހަވީރު 5:00 އިން ފެށިގެން 24 ގަޑިއިރުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޕޯލް އަށް 5063 މީހުން ވޯޓު ލާފައިވެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މި ޕޯލްގައި 72 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވެއެވެ. ދެވަނަޔަށް ދިޔައީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އެމަނިކުފާނަށް 22 އިންސައްތަ ވޯޓު ލިބިވަޑައިގަތެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ލިބިވަޑައިގަތީ 4 އިންސައްތަ ވޯޓެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް 2 އިންސައްތަ ވޯޓު ލިބިވަޑައިގަތެވެ.

24 ގަޑިއިރަށް މި ޕޯލް ކުރިއަށްދިޔަ އިރު، އެންމެ ގިނަ ވޯޓު ލިބިވަޑައިގަތް ރައީސް ނަޝީދާއި ރައީސް ޔާމީންއަށް ޓްވިޓަރ މެދުވެރިކޮށާއި ސޯޝަލް އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށް އެދެބޭފުޅުންގެ ސަޕޯޓަރުން ވަރަށް ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަ ކުރެވެއެވެ.

ޕޯލް ކުރިއަށް ދިޔަ އިރު ނިކުންނަމުން ދިޔަ ނަތީޖާތަކުން އެކި ފަރާތްތަކުން ޕޯލްގެ ކޮމެންޓް ބައިގައި ތަފާތު ޝުއޫރުތައް ފާޅު ކުރަމުން ގެންދިޔައެވެ.

މި ޕޯލްއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި އަދި އެކްޓިވިސްޓުން ވޯޓުލުމަށްފަހު، ޓްވިޓަރގައި ޕޯލް ރީޓްވީޓްކުރައްވާފައިވެއެވެ.

ބެލެވޭ ގޮތުގައި މިއީ ރާއްޖޭގައި ޓްވިޓަރ ޕޯލް އަކަށް 24 ގަޑިއިރުތެރޭ އެންމެ ގިނަ ވޯޓުލީ ފަހަރެވެ. ޕޯލް އަށް 223 ކޮމެންޓް ލިބިފައިވެއެވެ. އަދި 359 ރީޓްވީޓް ލިބުމުގެ އިތުރުން 259 ލައިކްސް މި ޕޯލް އަށް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ.

މި ޕޯލްއިން ރައީސް ނަޝީދު ކުރިހޯއްދެވުމާއި ގުޅިގެން އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މިފަދަ ކޮންމެ ޕޯލްއަކުން ވިޔަސް އަބްދުﷲ ޔާމީން ބަލިވާނެކަމީ ސާފުކަމެއްކަމަށެވެ.

"ސަރުކާރުން އަދި މުލީއާގެއިންވެސް މިފަދަ ސާރވޭ ތަކާއި ޕޯލްތައް ހިންގާ. އެއިން ކޮންމެ ޕޯލްއަކުންވެސް އަބްދުﷲ ޔާމީން ދަނީ ހަމަ ފުލަށް. އެހެންވެ އެމަނިކުފާނަށް ދެން އޮތް ގޮތަކީ އެންމެން ޖަލަށްލުން. އެކަން އެކުރައްވަނީ،" އިންތި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް
29 ޑިސެންބަރ 2017 | ހުކުރު 18:29
ހ މ ޒ
ނޮއޮންނާނެ ނަޝީދުގެ ނަމެއް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސްކޮޅުގައި!!! ރައީސް ދޫ ނުދެއްވާ އުޅެނީ ކޮންކަމެއްގަތޯ؟ ނިކަން ބުނެބަލަ!! ރައީސް ނަޝީދަކީ ފަނޑިޔާރަކު ވަގަށްނަގައި ރަޙީނު ކުރި މައްސަލައެއްގައި ކޯޓުން 13 އަހަރު ޖަލު ޙުކުމެއް ކޮށްފައިވާ ފަރާތެއްތޯ!!! ދޫދެއްވާށޭ ތިބުނަނީ އޭނާ މިނިވަންކުރާ ވާހަކަ ތޯ!!! ސޮރީ އެކަމެއް ނުކުރެވޭ!!! އެއީ ވާނެކަމެއްނޫން ނަޟީދު؟
29 ޑިސެންބަރ 2017 | ހުކުރު 18:15
ހ މ ޒ
ނަޝީދުގެ އަނިޔަވެރިކަމުން ދިވެހިންނާއި ދިވެހި ޤައުމު ސަލާމަތް ކޮށްދެއްވި ކަމަށްޓަކައި މާތްﷲ އަށް ޙަމްދު ކުރަން ދިވެހިން މިއަދު ތިބީ ގައުމުދެކެ އުފަލުން ގައުމަށ މިއަންނަ ކުރިއެރުން ބަލައިގަނެގެން ﷲ ރަޙުމަތްފުޅުން !