ކ. މާލެ
|
29 ޑިސެންބަރ 2017 | ހުކުރު 12:39
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
މިހާރު
ރައީސް މުހައްމަދު ނަޝީދު
ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދިއްޖެ: ރައީސް ނަޝީދު
ދައުލަތުގެ ތެރޭގައި އުފެދިފައިވާ އިތުރު ދައުލަތުން ނިކުމެ ވެރިކަމުގައި އޮތް ސަރުކާރު ވައްޓާލާނެކަމުގެ ބިރު އެބައޮތް
ސަރުކާރުން ގެންދަނީ ކެމްޕޭންގައި 'ދީނީ ކާޑު' ކުޅެމުން
ރައީސް ނަޝީދު ޓްވީޓް ކުރައްވާފައިވަނީ ކީއްވެގެންކަން ހާމައެއް ނުކުރައްވާ

ރާއްޖޭގެ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަދަނީ މުޖްތަމައުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކަށް، ޝައިޚުން ކަމަށް ހެދިގެން އުޅޭ ބަޔަކު ދޭ "ހަމަލާތަކަކީ"، ދައުލަތެއްގެ ތެރޭގައި ދައުލަތެއް އުފެދިފައިވުމުގެ ނަތީޖާ ކަމަށެވެ. އަދި މިދެންނެވި ދައުލަތުގެ ތެރޭގައި އުފެދިފައިވާ އިތުރު ދައުލަތުން ނިކުމެ ވެރިކަމުގައި އޮތް ސަރުކާރު ވައްޓާލާނެކަމުގެ ބިރު އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓްކުރެއްވި ސަބަބެއް ބަޔާންކުރައްވާފައެއް ނުވެއެވެ.

ސިޔާސީ ބަސްކޮށާރުގައި "ސްޓޭޓް ވިތިން ދަ ސްޓޭޓް" ނުވަތަ ދައުލަތެއްގެ ތެރޭގައި އުފެދިފައިވާ ދައުލަތެއްގެ ގޮތުގައި ބަލަނީ ޤައުމެއްގައި އުފެދިފައިވާ ސަރުކާރުގެ އިތުރުން ބާރުގަދަ އެހެން ޖަމާޢަތެއް ނުވަތަ ބަޔަކު އުފެދި، ވެރިކަމުގެ ބާރާއި އަރާ ހަމަކުރާ ބާރުތަކެއް އެބައި މީހުންނަށް ލިބުމުންނެވެ. މީގެ މިސާލަކީ ދާދި ފަހުން ޢަރަބި ޤައުމުތަކުން، ހިޒްބުﷲއަކީ ލުބްނާނުގެ ދައުލަތުގެ ތެރޭގައި އުފެދިފައިވާ ދައުލަތެއް ކަމަށް ސިފަކުރުމެވެ.

އަމިއްލައަށް ޝެއިޚުންނަށް ވެގެން އުޅޭ މީހުންގެ ވާހަކަ ރައީސް ނަޝީދު ދައްކަވާފައި މިވަނީ ސަރުކާރާއި، ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ އިސް ބޭފުޅުން ޕޯޑިއަމްތަކުގައި ދީން ހަތިޔާރަކަށް ހައްދަވައިގެން ސިޔާސީ ވާހަކަ ދެއްކެވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މީޑިއާގައި ވެސް ދީނީ ކަންކަމާ ގުޅޭ ޚަބަރުތަކާއި ރިޕޯޓްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ކުރީގެ ރައީސް ނަޝީދާއި އިދިކޮޅު ފަރާތްތަކަށް ދީނާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
29 ޑިސެންބަރ 2017 | ހުކުރު 12:51
hi
ސިޔާސީ މީހުންނަށް ދީނީ ވާހަކަ ދެއްކުން ޑިމޮކްރަސީގައި 'ޙަރާމް'ތަ؟