ކ. މާލެ
|
29 ޑިސެންބަރ 2017 | ހުކުރު 11:26
ފުވައްމުލަކު
ފުވައްމުލަކު
ރާއްޖެ އެމްވީ
ފުވައްމުލަކު
ފުވައްމުލަކު ތުނޑި ސަރަހައްދުން މިނިކަށިތަކެއް ފެނިއްޖެ
މިނިކަށިތަކެއް ފެނިގެން ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު
މިނިކަށިތަކުގެ ސާމްޕަލް ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި
މިދިޔަ އަހަރު ވެސް އެރަށުން މިނިކަށިތަކެއް ފެނިފައިވޭ

ފުވައްމުލަކު ތުނޑި ސަރަހައްދުން މިނިކަށިތަކެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ މިނިކަށިތަކެއް ފެނިގެން ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 04:50 ހާއިރު ކަމަށެވެ. އަދި އެ މިނިކަށިތަކުގެ ސާމްޕަލް ނަގާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ރާއްޖެއެމްވީއަށް ވިދާޅުވެފައެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ހުސައިން ނާސިފް ވިދާޅުވީ މި ދުވަސްވަރާ ދިމާކޮށް މިދިޔަ އަހަރު ވެސް އެސަރަހައްދުން މިނިކަށިތަކެއް ފެނުނު ކަމަށެވެ. މިނިކަށިތައް ފެންނަނީ މޫސުން ބަދަލުވެ ތުނޑި ސަރަހައްދުގެ ފަސްގަނޑު ދަމައިގެން ދިއުމުގެ ސަބަބުން އެފަސްގަނޑުގެ ތެރޭގައި މިނިކަށިތައް ހުރުމުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެސަރަހައްދަކީ ކުރިން މީހުން ވަޅުލި ސަރަހައްދަކަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފުވައްމުލަކު ސިޓީ ކައުންސިލުން މިހާރު ވަނީ މިނިކަށިތައް އެހެން ސަރަހައްދެއްގައި ވަޅުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް