ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 21:04
މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް
މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް
ޓްވިޓަރ
ަޝަހިންދާ އިސްމާއިލް
ޝަހިންދާ ކުރެއްވި ޓްވީޓެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި
ޝަހިންދާ ރައްދު ދެއްވާފައި ވަނީ ރައީސް ޔާމިންއަށް
ޓްވީޓާ މެދު ތަފާތު ގޮތް ގޮތަށް މީހުން ވާހަކަ ދައްކާފައިވޭ

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ކުރައްވާފައިވާ ޓްވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބަލަމުންދަނީ "މި ދުނިޔޭގައި އިސްލާމް ދީން ނޫން ދީންތަކަށް އުޅުމުގެ ފުރުސަތު ދެއްވީ މާތް ﷲ" ކަމަށާއި، "ނޫން ނަމަ އެހެން ދީންތަކެއް ނޯންނާނެ ނޫންތޯ" ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅޭ މައްސަލައެކެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

 

 

ޝަހިންދާގެ ޓްވީޓް ރައްދު ކުރައްވާފައި ވަނީ އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެފައިވާ ވާހަކަފުޅަށެވެ.

ޝަހިންދާ ކުރައްވާފައިވާ ޓްވީޓާ ގުޅިގެން ފުލުހުން ތުހްމަތު ކުރަނީ ކޮން ކަމަކަށް ކަމެއް ވެސް ފުލުހުން ނުބުނެއެވެ. ނަމަވެސް ފުލުހުން އެ މައްސަލަ ބަލާ ކަމަށް ބުނުމުން ބައެއް ފަރާތްތަކުންގެ ފާޑުކިޔުންތައް ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. ޝަހިންދާގެ އެ ޓްވީޓަކީ އިސްލާމް ދީނަށް ފުރައްސާރަވާ ގޮތަށް ކުރައްވާފައިވާ ޓްވީޓެއް ނޫން ކަމަށާއި މި ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ފުލުހުން ބެލުން މާ ރަނގަޅު ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

އެއީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ތާއިދުކޮށް ޝަހިންދާ ވިދާޅުވި އެއްޗެއް ކަމަށް ބުނެ ބައެއް މީހުން ޝަހިންދާއަށް ރައްދު ދީފައިވެއެވެ. އަދި ބައެއް މީޑިއާތަކުން އެފަދަ ގޮތަކަށް ޚަބަރު ގެނެސްދީފައި ވާތީ ޝަހިންދާ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި އެއީ ނަފްރަތު އުފެއްދުން ކަމަށް ވެސް ޝަހިންދާ ސިފަކުރައްވާފައި ވެއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 ޑިސެންބަރ 2017 | ބުރާސްފަތި 22:43
ޔާމީން
އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ ހޯދުމަށް މަގުފަހިވާ ބޭކާރު ވާހަކަތައް މުޖުތަމަޢުގެ ތެރެއަށް ނުފެތުރުމަށް އެންމެހާ ދިވެހިރައްޔިތުންނަށް ސަރުކާރުން އިލްތިމާސް ކޮށްފިއެވެ!؟
28 ޑިސެންބަރ 2017 | ބުރާސްފަތި 22:23
އަލީ
މުސްލިމުން ދިރިއުޅޭ ތަނެއްގައި އެމްޑީޕީގެ ފިކުރު ގެންގުޅޭކަށް ހެޔޮ ނުވާނެ!؟
28 ޑިސެންބަރ 2017 | ބުރާސްފަތި 22:22
ހ މ ޒ
އިސްލާމްދީން ގައުމުގައި ދަމަހައްޓާ ލީޑަރެއް ހޮވާނަމަ ހޮވަން ޖެހޭނީ ރައީސް ޔާމީން!؟
28 ޑިސެންބަރ 2017 | ބުރާސްފަތި 22:19
ހ މ ޒ
އަހަރުމެން ކަނުބަނދެވިގެންވެސް ތިބޭނީ ހަމަ މި މުސްލިމުވެރިޔާ ولي الأمر ރައީސް ޔާމީން މިހެން ވިދާޅުވީ މިއަދު ވެސް ވަނީ އެހެން ދީނަކަށް ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ! ރައީސް ވިދާޅުވީ އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ތާއިދު ކުރާ ޕާޓީއަކަށް ޖާގަ ދީގެން ނުވާނެ ކަމަށެވެ!؟
28 ޑިސެންބަރ 2017 | ބުރާސްފަތި 21:57
ދޮގަކައް
ތެދެއް ދޮގަކައް ނުވާނެ