ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 19:38
ރާއްޖޭގައި އުޅޭ ބުިދޭސީންތަކެއް: ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ ޖަމާ ކުރަން ޖެހެނީ އެމީހުން އަމިއްލަ އެކައުންޓަށް
ރާއްޖޭގައި އުޅޭ ބުިދޭސީންތަކެއް: ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ ޖަމާ ކުރަން ޖެހެނީ އެމީހުން އަމިއްލަ އެކައުންޓަށް
ރާއްޖެއެމްވީ
ބިދޭސީންގެ މައްސަލަ
ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން އިތުރު މުހްލަތެއް
ގަވައިދާ ހިލާފުވާ ފަރާތްތައް 10،000ރ. އިން ފެށިގެން 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ
މިހާރު ބޭންކް އެކައުންޓަށް މުސާރަ ޖަމާކުރަން ޖެހޭނީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން
މިއީ އެ މުއްދަތު ފަސްކުރި ދެ ވަނަ ފަހަރު

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާ ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން ފަށާ ތާރީހް އަނެއްކާވެސް ފަސްކޮށްފި އެވެ.

ވަޒީފާ ހަމަ ޖައްސަދޭ އޭޖެންސީއާބެހޭ ގަވައިދަށް ބުރާސްފަތި ދުވަހު ގެނައި އިސްލާހްގައިވާ ގޮތުން ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަތަކަށް ޖަމާކުރަން ދެން ލާޒިމްވާނީ އަންނަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހުން ފެށިގެންނެވެ. އަދި އެގޮތަށް އަމަލު ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނީ ވެސް ހަމަ އެ ތާރީހުން ފެށިގެން ކަމަށް އިކްނޮމިކް މިނިސްޓްރީން ގަވައިދަށް ގެނައި އިސްލާހްގައިވެ އެވެ.

ވަޒީފާއާބެހޭ ގާނޫނު ދަށުން ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް އެ މީހުންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހެ އެވެ. އެގޮތަށް އަމަލު ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން އެންމެ ފުރަތަމަ ނިންމީ މި އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ. ނަމަވެސް އޭގެ ފަހުން އެ ގަވައިދަށް އިސްލާހް ގެނެސް އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫރިމަނާ ކުރާ ގޮތައް ގަވައިދަށް އިސްލާހް ގެނެ އެވެ. އަދި އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޖޫރިމަނާ ކުރާ ގޮތަށް ހަމަ ޖައްސާފައި މިވަނީ އެ ގަވައިދަށް ގެނައި ދެވަނަ އިސްލާހްގެ ދަށުންނެވެ.  

ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް އެ މީހުންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ޖަމާނުކުރާނަމަ ވަޒީފާދޭ ފަރާތްތައް 10،000ރ. އިން ފެށިގެން 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރުން ގާނޫނުން ލާޒިމްކުރީ ބިދޭސީން އަތުން ރެމިޓެންސް ޓެކްސްގެ ގާނޫނުންނެވެ. ރެމިޓެންސް ޓެކްސަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސެކެވެ. ކޮންމެ ބިދޭސީއަކު ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސެންޓް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް ނަގާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް