ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 15:36
އިންޑިއާގެ ޚާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރ ވީ.ކޭ. ސިންހް
އިންޑިއާގެ ޚާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރ ވީ.ކޭ. ސިންހް
އިންޑިއަން އެކްސްޕްރެސް
އިންޑިއާ - ޗައިނާ
ކަނޑުގެ ބާރަކަށް ވުމަށް ޗައިނާއިން ކުރާ މަސައްކަތްތައް މިދަނީ ބަލަމުން: އިންޑިއާ
'ނެއިބަރހުޑް ފަސްޓް' ޕޮލިސީގެ ތެރެއިން އަވަށްޓެރިންނަށް އިސްކަންދިނުމުގެ ސިޔާސަތު އަދިވެސް ދަމަހައްޓާ

ސަރަހައްދީ އަދި ކަނޑުގެ ބާރަކަށް ވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތް އިންޑިއާއަށް އެނގޭ ކަމަށާއި، އެމަސައްކަތް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ޤާނޫން ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާ،އަށް ޚާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރ ޖެނެރަލް (ރޓ) ވިޖޭ ކުމާރު ސިންހް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިންޑިއާގެ ސަލާމަތަށް ނުރައްކާވެދާނެ ހުރިހާ ކަމަކަށް އެޤައުމުން އޮތީ ސަމާލުވެ ކަމަށެވެ. ސިންހް ވިދާޅުވީ ޗައިނާގެ ޙަރަކާތްތަކަށް އިންޑިއާ އިން ފާރަވެރިވި ނަމަވެސް، އަވަށްޓެރި ޤައުމުތަކާ އެކު ވާހަކަތައް ކުރިއަށް ގެންދިޔުމަށް ވެސް އެޤައުމުން މަސައްކަތްކުރާނެ ކަމަށެވެ.

އިންޑިއާގެ ޚާރިޖިއްޔާ އިން އިޝާރާތްކޮށްފައި މިވަނީ ރާއްޖެ އަދި ޕާކިސްތާނުން ޗައިނާއާ އެކު ބާއްވަމުންދާ ގާތް ގުޅުންތަކަށެވެ. ޕާކިސްތާނާއި ޗައިނާއިން ގުޅުން ބަދަހިކުރަމުންދާއިރު، ޕާކިސްތާނާއި އިންޑިއާއަކީ ވާދަވެރި ދެ އަވަށްޓެރިންނެވެ. އެހެން ނަމަވެސް ރާއްޖެ އާއި އިންޑިއާއަކީ އަބަދުވެސް ގާތް ގުޅުމެއް މިހާތަނަށް ބާއްވަމުން އައި ދެޤައުމެވެ.

ޗައިނާއިން އިންޑިއާ ކަނޑުގެ ސަރަހައްދަށާއި ދެކުނު އޭޝިއާ ސަރަހައްދުގައި އެޤައުމުގެ ނުފޫޒު ގަދަކުރަމުންދާއިރު، ޗައިނާއާ ގުޅުން ޤާއިމްކުރަމުންދާ ޤައުމުތަކާ އިންޑިއާއާ އެކު އޮންނަ ގުޅުން ދަނީ ހީނަރުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް