ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 11:43
މިއަހަރު އުމްރާ އަށް ދިޔަ ބަޔަކު: އުމްރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 4 ގައި
މިއަހަރު އުމްރާ އަށް ދިޔަ ބަޔަކު: އުމްރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 4 ގައި
ރާއްޖެ އެމްވީ
އުމްރާއަށް މީހުން ގެންދިއުން
އުމްރާ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މުއްދަތު އިތުރުކޮށްފައިވަނީ 04 ޖެނުއަރީ އަށް
މުއްދަތު އިތުރު ކުރީ 31 ޑިސެމްބަރު ބަންދު ދުވަހެއް ކަމުގައި ކަނޑައެޅުމުން

ދިވެހިރާއްޖޭގައި އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހުގައި ކުރި އިއުލާނުގައި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ތާރީހެއްގެ ގޮތުގައި 31 ޑިސެމްބަރުވާ އާދިއްތަ ދުވަސް ކަނޑައަޅައިފައިވީ ނަމަވެސް އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އެހެން ކަމުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީހެއްގެ ގޮތުގައި 4 ޖެނުއަރީ ކަނޑައަޅައިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

 

މަސްޖިދުލް ނަބަވީ

އަންނަ ހަފްތާގެ އާދިއްތަ ދުވަސް ބަންދުކުރުމާއެކު ސަރުކާރު މުވައްޒަފުންނަށް ޖެހިޖެހިގެން ހަތަރު ދުވަސް ބަންދު ދުވަހުގެ ގޮތުގައި ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް