ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 21:55
ހުޅުމާލޭ ފެރީޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް
ހުޅުމާލޭ ފެރީޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް
މުހައްމަދު ޝަރުހާން
ހުޅުމާލެ ފެރީ ޚިދުމަތް
ހުޅުމާލޭ ފެރީޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފި
ފެރީޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ނިމުމާއި އެކު ޖާގާއިގެ ދަތިކަމަށް ހައްލެއް ލިބޭނެ
އެއްފަހަރާ 500 ޕަސެންޖަރުންނަން ޙިދުމަތް ދެވޭނެ
ޖެނުއަރީ މަހުގެ ތެރޭގައި މަސައްކަތް ނިންމަން މަސައްކަތް ކުރަނީ

މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާއިފިއެވެ.

އެމްޓީސީސީން ބުނީ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ނިންމީ ޓާމިނަލް ބޭނުންކުރާ މީހުންނަން ލުއިފަސޭހަ ކަމާއި އެކު ދަތުރުފަތުރުކުރެވޭނެ ގޮތް ހެދުމުގެ ގޮތުން ކަމަށެވެ. އަދި ހުޅުމާލޭ ޓާމިނަލް ބޭނުންކުރާ މީހުންގެ އަދަދު އެއްދުވަހުން އަނެން ދުވަހަށް އިތުރުވަމުން އަންނަކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ހުޅުމާލެ ފެރީޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް އެ ކުންފިން އަމާޒު ހިފާފައި ވަނީ އަންނަ ޖެނުއަރީ މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިހާރު ޓާމިނަލްގައި އަލަށް އިމާރާތް ކުރާ އިމާރާތް ނިންމުމުން، 500 ޕަސެންޖަރުންނަން އެއްފަހަރާއި ޙިދުމަތް ދެވޭނެ ކަމަށް އެމްޓީސީސީން ބުންޏެއެވެ.

 

ހުޅުމާލޭ ފެރީޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް 

މީގެއިތުރުން މި ޕްރޮޖެކްޓުގެ ދަށުން ނަސަންދުރަ ކުރިމަތިން ފެރީ ގާތްކުރުމަށް އެމްޓީސީސީއަށް ލިބިފައިވާ ސަރަހައްދު ހިޔާކޮށް، ޓާރމިނަލްގެ އެތެރޭގެ ޖާގަ ވެސް ބޮޑު ކުރަން ވަނީ ނިންމާފައެވެ. މި ގޮތަށް މި ބަދަލު ގެނުމާއި އެކު، ޓާމިނަލް ފުރި ޖާގަ ނުލިބުމުން ބޭރުގައި އާންމުން ތިބެން ޖެހޭ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް