ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 21:53
ޕޮލިސް ލައިން
ޕޮލިސް ލައިން
މުހައްމަދު ޝަރުހާން
މާރާމާރި ހިންގުން
ށ. ގާކޮށިބީ ގައި ހިންގި މަރާމާރި ފުލުހުން ތަހްގީގު ކުރަން ފަށައިފި
ފުލުހުންނަށް މާރާމާރީގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު
ފުލުހުން ވަނީ އެ މައްސަލަ ތަހްގީގު ކުރަން ފަށާފައި
އަނިޔާވީ ކިތައް މީހުންނަށް ކަމެއް އަދި ނޭނގެ

ށ. އަތޮޅުގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ގާކޮށިބީގައި ހިންގި މާރާމާރީއެއް ފުލުހުން ބުދަ ދުވަހު ތަހްގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާކޮށިބީގައި ހިންގި މާރާމާރި އެއްވެސް ފަރާތަކުން ރިޕޯޓުކޮށްފައި ނުވި ނަމަވެސް ފުލުހުންނަށް އެކަމުގެ މައުލޫމާތު މިއަދު ހަވީރު 5.45 ހާއިރު ލިބުމުން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި މިހާރު އެ މައްސަލަ ތަހްގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ގާކޮށިބީގައި ހިންގި މާރާމާރީގައި އަނިޔާވެފައިވަނީ ކިތައް މީހުންނަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ރާއްޖެއެމްވީއަށް ލިބުނު ވީޑިއޯގެ މަންޒަރުތައް ފެންނަ ގޮތުން މަސައްކަތް ކުރަމުންދިޔަ ދެ ގްރޫޕެއްގެ މެދުގައި ހަމަނުޖެހުން ހިނގައި، ދެ ފަރާތުންވެސް ވަނީ ލަކުޑިބުރިތައް ހިފައިންގޮސް ހަމަލާދީފައެވެ.

ގާކޮށިބީގައި ތަރައްގީ ކުރާ ރިސޯޓް ވަނީ ސިންގަޕޫރުގެ އެސްސީ ކެޕިޓަލް ގްރޫޕްގެ ހިއްސާވާ ޖީއެޗްބީ މޯލްޑިވްސް ރިސޯޓަށް ވިއްކާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް