ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 20:01
ކޮންމެ އަހަރަކުވެސް ރިސޯޓުތަކަށާއި ސަފާރީތަކަށް އަންނަ ފަތުރުވެރިން ގެނބިގެން މަރުވުމުގެ ޙާދިސާތައް ހިނގާ
ކޮންމެ އަހަރަކުވެސް ރިސޯޓުތަކަށާއި ސަފާރީތަކަށް އަންނަ ފަތުރުވެރިން ގެނބިގެން މަރުވުމުގެ ޙާދިސާތައް ހިނގާ
ފޭސްބުކް
މަރުގެ މައްސަލަތައް
ރާއްޖޭގައި މަރުވި ލަންކާ މީހާގެ މަރުގެ މައްސަލަ އެޤައުމުން ބަލަނީ!
ދެޤައުމުގެ ޑޮކްޓަރުން ދައްކަވާ ވާހަކަ ދިމައެއް ނުވޭ

މިމަހުގެ 20ވަނަ ދުވަހު ކ ގުރައިދޫ ބޭރުގައި އަޅާފައިވާ ސަފާރީއަކުން ފައިބައިގެން ފީނަނިކޮށް މަރުވި ލަންކާ މީހާ މަރުވީ ހާޓް އެޓޭކެއް ފަދަ ކަމެއް ދިމާވެގެން ޤުދުރަތީ މަރަކުންކަމަށް އޭނާ ބެލި ޑޮކްޓަރުން ނިންމާފައިވަނިކޮށް، އެމައްސަލަ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފިއެވެ.

ލަންކާގެ ނިގަމްބޯގެ ކޮރޯނަރ ޑރ. ސިރީ ޖަޔަންތަ ވިކްރަމަރަތުނަ މިހާރުވަނީ މަރުވި ފިރިހެން މީހާއާއިއެކު ރާއްޖެއައި އަންހެން މީހާއާ ސުވާލުކުރުމަށް ފުލުހުންނަށް އަންގަވާފައެވެ. ޑރ. ވިކްރަމަރަތުނަ ވިދާޅުވީ އެމީހާ މަރުވި ސީދާ ސަބަބު ޕޯސްޓްމޯޓަމުން ދެނެގަނެވިފައިނުވާކަމަށާއި، އޭނާއާއެކު ރާއްޖެ އައި އަންހެން މީހާގެ ބަޔާން ނަގަން ޖެހޭނެކަމަށެވެ. ކޮރޯނާރއަށް މައުލޫމާތު ދެއްވަމުން 33 އަހަރުގެ އެފިރިހެން މީހާގެ އަންހެން ކޮއްކޮ ބުނީ އޭނާގެ ބޭބެއަކީ ކޮލެސްޓްރޯލް މަތިވުމުގެ ސަބަބުން ފަރުވާ ހޯދަމުން ދިޔަ މީހެއްކަމަށެވެ. އަދި އޭނާ ގެނބިގެން މަރުވުމުގެ ފަހަތުގައި އިތުރު ކަންތައްތަކެއް ވާކަމަށާއި، ގަސްދުގައި އޭނާ މަރާލީކަމަށް ބެލެވޭކަމަށް އެ އާއިލާއިން ތުހްމަތުކުރެ އެވެ. 

އެމީހާ މަރުވީ ގެނބިގެންކަމަށް ނުބެލެވޭކަމަށް ރާއްޖޭގެ ޑޮކްޓަރުން ބުނެފައިވަނިކޮށް، އޭނާގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުން ބުނަނީ އޭނާ މަރުވީ ގެނބިގެންކަމަށެވެ. އަދި އޭނާގެ މަރުގެ މައްސަލަ އިތުރަށް ތަހުޤީޤްކުރަމުންދާތީ މަރުވި ސީދާ ސަބަބު ރަސްމީކޮށް ބުނެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް