ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 18:42
އަންގާރަ ދުވަހު ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ހެލިކޮޕްޓަރުގައި ތަމްރީން ހަދަނީ
އަންގާރަ ދުވަހު ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ހެލިކޮޕްޓަރުގައި ތަމްރީން ހަދަނީ
ދި ހިންދޫ
ރާއްޖެ - އިންޑިއާ
މަސްރަހު ހޫނު، ރާއްޖެ-އިންޑިއާ އަސްކަރީ ތަމްރީންތައް ކުރިއަށް
މި ތަމްރީންތައް ފެށުނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2009ގައި

އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫތަކެއް އަރާފައިވާ ކަމަށް އަޑު ފެތުރިފައިވާ މިދަނޑިވަޅުގައި އިންޑިއާގެ ކަރްނާޓަކާގައި ދެޤައުމު ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީންތައް ނިމުމަކާއި ހިސާބަށް ގޮސްފިއެވެ.

'އެކުވެރިން'ގެ ނަމުގައި އިންޑިއާ އަސްކަރިއްޔާއާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ މި ތަމްރީންތައް ކުރިއަށް ދަނީ ކަރްނާޓަކާގެ ބެލަގާވީގައެވެ.

ކަރްނާޓަކާގެ މަރަތާ ލައިޓް އިންފެންޓްރީ ރެޖިމެންޓް ސެންޓަރގައި ކުރިއަށްދާ މި ތަމްރީންތަކުގައި އަންގާރަ ދުވަހު އެމް.އައި-17 މަރުކާގެ ހެލިކޮޕްޓަރުތަކުގައި ސިފައިން ތަމްރީން ހަދާފައިވާ ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ފެށި މި ތަމްރީންތަކަކީ ކޮންމެ އަހަރަކު ބާއްވަމުންދާ ތަމްރީންތަކެކެވެ. އަދި މި ތަމްރީންތައް ދެ އަހަރުން އެއް އަހަރު އިންޑިއާގައި އޮންނަ އިރު، އަނެއް އަހަރު އޮންނަނީ ރާއްޖޭގައެވެ. މިދިޔަ އަހަރު މި ތަމްރީންތައް އޮތީ ލ. ކައްދޫގައެވެ.

ރާއްޖެއާއި އިންޑިއާ އާއި ގުޅިގެން އަސްކަރީ ތަމްރީންތަކެއް ކުރިއަށް މިދަނީ، ރާއްޖެއިން ޗައިނާ އާއި ގުޅުން ބަދަހިކުރަމުން ދާތީ، އިންޑިއާއިން އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖެ – ޗައިނާ ގުޅުމުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފައިވާ ކަމަށް އަޑުތައް އަރާފައިވާ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެހެން ނަމަވެސް ދެޤައުމުގެ ސަރުކާރުތަކުން ވެސް ގެންދަނީ އެކަން ދޮގު ކުރަމުންނެވެ. އިންޑިއާއާއި ރާއްޖެއިން ވެސް ދެޤައުމުގެ ގުޅުން ރަނގަޅު ކަމަށް ބުނި ނަމަވެސް، ދެޤައުމުން ވެސް އެއް ޤައުމުން އަނެއް ޤައުމުގެ ރައްޔިތުންނަށް ވިސާ ދިނުމުގައި ދަތިތަކެއް ކުރިމަތިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް