ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 18:19
ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސެއިން
ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސެއިން
މުހައްމަދު ޝަރުހާން
ސައުދު ހުސެއިން
ތަރައްގީ އިސްކޮށް، ރައްޔިތުން އަޅުންނަށް ހަދައިގެން ނުވާނެ: ސައުދު
ކައުންސިލްތަކުގެ މުވައްޒިފުން ސަރުކާރުގެ މަސައްކަތްތަކުގައި ބޭނުންކުރޭ
މަސައްކަތްތެރިންނަން ރައްކާތެރި މާހައުލެއް ބޭނުންވޭ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީ އިސްކޮށް ރައްޔިތުންނަކީ އަޅުން ކަމަށް ހަދައިގެން ނުވާނެ ކަމަށް ގއ. ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

މެމްބަރު ސައުދު މި ގޮތަށް ވިދާޅުވީ ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޒާރު ކުރައްވާފައިވާ ޓްވީޓަކަށް އިޝާރަތް ކުރައްވައެވެ.

ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޒާރު ފޮޓޯ އަކާއި އެކު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ ކައުންސިލްގެ ބާރުތައް މުށުތެރެއަށްލާ، އެ ކައުންސިލްތަކުގެ މުވައްޒިފުން ސަރުކާރުގެ މަސައްކަތްތަކުގައި ބޭނުންކުރާ ކަމަށެވެ.  ނިޒާރުގެ ޓްވީޓްގައި ފޮޓޯއިން އެކަން ހާމަވާނެ ކަމަށް ޓްވީޓްގައި ވާނީ ފާހަގަ ކުރައްވާފައެވެ.

އެ ފޮޓޯއިން ފެންނަނީ ހައުސިންގް މިނިސްޓްރީގެ މަސައްކަތެއްގައި ބަޔަކު ހަރަކާތްތެރިވާ ތަނެވެ. މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ނިޒާރު ސިފަ ކުރެއްވީ ކައުންސިލްގެ މުވައްޒިފުން ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ރަށެއްގެ ކައުންސިލެއްގެ މުވައްޒިފުން ކަމެއް ނިޒާރު ވިދާޅުވެފައެއް ނުވެއެވެ.

ނިޒާރުގެ ޓްވީޓަށް އިޝާރަތް ކުރައްވާ ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ މަސައްކަތްތެރިންނަން ރައްކާތެރި މާހައުލެއް ބޭނުންވާ ކަމަށެވެ. ގައުމަށް މުހިންމީ ވައްކަން ކުރާ ކޮންކުރިޓް ތަރައްގީ ނޫން ކަމަށާއި، ގައުމަށް މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށް ސައުދު ވިދާޅުވިއެވެ.

"އަސްލުމިއީ ވަރަށް ދެރަކަމެއް، މަސައްކަތްތެރިންނަން ރައްކާތެރި މަސައްކަތުގެ މާހައުލެއް ދައްކަންޖެހޭ، ތަރައްޤީ އިސްކޮށް ރައްޔިތުން އަޅުންނަން ހަދައިގެން ނުވާނެ" ސައުދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް