ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 17:24
މާބައިދޫ އަންހެނުން އެރަށު ކައުންސިލް އިދާރާ ކުރިމަތީގައި
މާބައިދޫ އަންހެނުން އެރަށު ކައުންސިލް އިދާރާ ކުރިމަތީގައި
ރާއްޖެ އެމްވީ
މާބައިދޫ
މާބައިދޫ އަންހެނުން ކައުންސިލް އިދާރާ ކުރިމަތީގައި އިހްތިޖާޖް ކޮށްފި
އަންހެނުން އިހްތިިޖާޖްކުރީ 80،000 ރުފިޔާ ނުލިބިގެން
އެރަށުގެ އިޖްތިމާއީ ސަރަަހައްދުތަށް ސާފްކުރަނީ އަންހެނުންގެ ކޮމެޓީން
ކައުންސިލުން ބުނީ އެެކަށީގެންވާ ބަޖެޓެއް ނެތް ކަމަށް

ލ. އަތޮޅު މާބައިދޫ އަންހެނުން ކައުންސިލް އިދާރާ ކުރިމަތީގައި އިހްތިޖާޖް ކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ފާތިމަތު އަޒުމާ ވިދާޅުވީ ގިނަ އަދަދެއްގެ އަންހެނުން ނުކުމެ މާބައިދޫ ކައުންސިލް ކުރިމަތީގައި އިޙްތިޖާޖް ކުރަން ޖެހުނީ އަންހަހެނުންގެ ކޮމެޓީއަށް ކައުންސިލުން ދޭންޖެހޭ 80،000 ރުފިޔާ ނުލިބިގެން ކަމަށެވެ.

މާބައިދޫ ކައުންސިލުންގެ ރައީސް އަލީ ފައިސަލް ވިދާޅުވީ މާބައިދޫ އަންހެނުންގެ ކޮމެޓީއަށް ޖުމްލަ 80،000 ރުފިޔާ ދޭން ޖެހޭ ކަމަށެވެ. އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިޖުތިމާއީ ސަރަހައްދުތައް ކޮންމެ މަހަކު ސާފްކޮށް ބަލަހައްޓަނީ 20،000 ރުފިޔާއަށް ކަމަށް ކައުންސިލުން ބުންޏެވެ.

 

މާބައިދޫ އަންހެނުން އެރަށު ކައުންސިލް އިދާރާގައި

ކައުންސިލުން ބުނީ ހަތަރު މަހުގެ ފައިސާ އެ ކޮމެޓީއަށް ނުދީ ލަސްވީ، ކައުންސިލަށް އެކަށީގެންވާ ބަޖެޓް ނުލިބުމުން ކަމަށެވެ. ހަތަރު މަހުގެ ފައިސާ ނުދީ ލަސްވީ އަހަރުގެ ފަހުކޮޅަށް ވުމުން އެކައުންސިލްގެ ބަޖެޓް ހޯލްޑުކުރުމުން ކަމަށާއި، އެ ފައިސާ ވީހާ ވެސް އަވަހަށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

އަޒުމާ ވިދާޅުވީ އިޖުތިމާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުގެ ގޮތުގައި ސާފު ކުރަނީ ކައުންސިލުން ދައްކާފައިވާ ސަރަހައްދުތައް ކަމަށާއި، އެ ސަރަހައްދުތައް ސާފްކޮށް ބެލުހެއްޓުމަށް އެކޮމެޓީގެ 40 އަންހެނުން ހަރަކާތެރިވާ ކަމަށެވެ. ނިމިގެން ދިޔަ ހަތަރު މަހު ކައުންސިލުން ދޭން ޖެހޭ ފައިސާ އެ ކޮމެޓީއަށް ދީފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެކަމުގެ ސަބަބުން އިޖުތިމާއީ ބޭނުންތަކަށް ހާއްސަކުރެވިފައިވާ ސަރަހައްދުތައް ސާފް ކުރުމަށް ހަރަކާތްތެރިވާ އަންހެނުންނަން މާލީ ގޮތުން ދަތިތަކާއި ކުރިމަތި ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފައިސާ ނުލިބިގެން ކައުންސިލާއި ބައްދަލުކުރުމުން ބަޖެޓްގައި ފައިސާ ނެތް ކަމަށް ކައުންސިލުން ޖަވާބުދީފައިވާ ކަމަށް އަޒުރާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް