ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 13:25
އައްޑޫގައި ހިނގި އެކްސިޑެންޓް
އައްޑޫގައި ހިނގި އެކްސިޑެންޓް
އައްޑޫ ލައިވް
އައްޑޫ އެކްސިޑެންޓް
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް މާލެއަށް ގެނެސްފި
އެކްސިޑެންޓްގައި އަނިޔާވި 14 އަހަރުގެ ކުއްޖާ ވަނީ މަރުވެފައި
21 އަހަރުގެ ޒުވާނާގެ ދެފައި ވަނީ ބިންދައިގެން ގޮސްފައި
އެކްސިޑެންޓް ހިނގި މައްސަލަ ދަނީ ތަހުގީގު ކުރަމުން

އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އިތުރު ފައުވާއަށް އައިޖީއެމްއެޗަށް ފޮނުވާލި ޒުވާނާގެ ބޯ ފަޅައިގެން ގޮސްފައިވާ އިރު ދެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލީ އަންގާރަ ދުވަހުގެ ރޭގެ ދަންވަރު ކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އުމުރުން 21 އަހަރުގެ މި ޒުވާނާއަކީ ސައިކަލް ދުއްވަން އިން މީހާއެވެ.

އަންގާރަ ދުވަހު ހެނދުނު ސައިކަލަކާއި ޕިކަޕެއް ޖެހި  ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު 14 އަހަރުގެ ފިރިހެން ކުއްޖާ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ. މަރުވެފައި ވަނީ ގދ. ވާދޫ ނެސްޓް، އަރުޝަމް އިބްރާހިމެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް