ސިވިލް ސަރވިސް މުވައްޒަފުންގެ ލުއި ފަސޭހައަށްޓަކައި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަކީ ވެސް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، މުވައްޒަފުންގެ ލުއި ފަސޭހައަށްޓަކައި ޑިސެމްބަރު މަހުގެ 31 ވާ އާދިއްތަ ދުވަސް ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
Muvazzafun ge lui faseyha ah takai, December 31 vaa Aadheettha dhuvahaky sarukaaru rasmee bandhu dhuvahehge gothugai Raeesuljumhooriyyaa hamajassavaifi.
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) December 27, 2017
އާ އަހަރު ފެށޭ ދުވަހަކީ ސަރުކާރު އޮފީސްތައް އަބަދުވެސް ބަންދު ދުވަހެކެވެ. އާ އަހަރު ފެށެނީ އަންނަ ހަފްތާގެ ހޯމަ ދުވަހެވެ. ސަރުކާރުން މި ގެނައި ބަދަލާ އެކު ސަރުކާރު މުވައްޒަފުންނަށް ޖެހިޖެހިގެން ހަތަރު ދުވަސް ބަންދު ދުވަހުގެ ގޮތުގައި ލިބިގެންދާނެއެވެ. އާ އަހަރު ފާހަަގަކުރުމުގެ ގޮތުން މި އަހަރު ވެސް ހާއްސަ ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޝޯގައި ބޮލީވޫޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މިކާ ސިންގ އާއި ރާހަތު ފަތޭ އަލީ ޚާން ބައިވެރިވާނެއެވެ. މީގެ އިތުރުން ވެސް ބޮލީވޫޑްގެ މަޝްހޫރު ފަންނާނެ ފެނިގެންދާނެ ކަމަށް އެކަން އިންތިޒާމްކުރާ ސަރުކާރުގެ ޕީއާރު ކޯޕަރޭޝަނުން ބުނެއެވެ.