ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 07:18
ޝެއިހް އިމްރާން އަބްދުﷲ
ޝެއިހް އިމްރާން އަބްދުﷲ
ރާއްޖެއެމްވީ
ޝެއިހް އިމްރާން އަބްދުﷲ
މި އަނިޔާވެރިކަމާއި ވައްކަން ހުއްޓުވޭނެ ހަމައެކަނި މަގަކީ ސަރުކާރު ބަދަލުކުރުން: އިމްރާން
ދިވެހިންނަށް ހައްގުވާ މިންވަރަކީ އިމެއް ނެތް އަނިޔާވެރިކަމެއް ނޫން
ހުރިހާ ލީޑަރުން ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭ
އަނިޔާވެރިކަމާއި ބޭއިންސާފާއި ވައްކަމަށް ފުރުސަތު ނުދިނުމަށް ގޮވާލެއްވި

މި ސަރުކާރުގެ އަނިޔާވެރިކަމާއި ވައްކަން ގޮސްފައިވާ ހިސާބަށް ބަލާއިރު އެކަން ހުއްޓުވުމަށް ދެން އޮތް ހަމައެކަނި މަގަކީ މި ސަރުކާރު ބަދަލުކުރުން ކަމަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ޖަލަށްލާފައިވާ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބަވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައި ޝެއިހް އިމްރާން ވިދާޅުވީ 21 ވަނަ ގަރުނުގެ ދިވެހިންނަށް ހައްގުވާ މިންވަރަކީ އިމެއް ނެތް އަނިޔާވެރިކަން ނޫން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ދިވެހިން އެދޭ ކުރިއެރުން ހޯދޭނެ ސާދާ މަގަކީ އަމާންކަމާއި ހަމަހަމަކަމާއި އަދުލު އިންސާފު ކަށަވަރުކޮށްދޭ މަގު ކަމަށެވެ. މި ސަރުކާރު ބަދަލުކުރުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރަމުންދާއިރު އަދާލަތު ޕާޓީ އޮތީ ދޫދޭން ޖެހޭ އެންމެ ބޮޑަށް ދޫދޭން ތައްޔާރަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ދިވެހި ރައްޔިތުންނަށް އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ވައްކަމާ ދެކޮޅަށް މަސައްކަތްކުރާ އެންމެހާ ފަރާތްތައް ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިބުކޮށް ރައްޔިތުން އެދޭ ފަދަ އަމާން އައްސޭރިއަކަށް ގައުމު ގެންދިއުމަށްޓަކައި ހިންގަން ޖެހުނު ކޮންމެ މަގަކުން ހިނގަން އަޅުގަނޑާއި އަދި އަދާލަތު ޕާޓީ ތައްޔާރަށް އޮތް ކަން،" އިމްރާން ވިދާޅުވެފައިވެއެވެ.

މި ވަގުތަކީ ސިޔާސީ ލީޑަރުންގެ އަމިއްލަ ވިސްނުންތަކަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށާއި މި ފަދަ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރަނީ ކޮންބައެއްކަން ރައްޔިތުން ފާހަގަ ކުރާނެ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.  

އަދާލަތު ޕާޓީން އިސްވެ އޮވެ މި ސަރުކާރާ ދެކޮޅަށް މާލެގައި ބޭއްވި މޭޑޭ މުޒާހަރާގެ ތެރެއިން 

އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު މެދުވެރިކޮށް ދެއްވި މި މެސެޖްގައި އިމްރާން ވަނީ ކޮންކްރިޓާއި ބޮޑު ހިލަ އާއި ބޮޑު ދަނގަނޑަކީ އަނިޔާވެރިކަމާއި ބޭ އިންސާފާއި ވައްކަމާއި ފަސާދައިގެ ބޭރު ގިރިޓީ ކުރާ އެއްޗަކަށް ހެދުމަށް ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ.

ރައްޔިތުންގެ ވިސްނުމާއި ފިކުރު އޮބަހައްޓައިގެން އަނިޔާގެ ކުރިއެރުމެއް ނުހޯދޭނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

"ދިވެހި ގައުމަށް ބޭނުންވާ ތަރައްގީ އާއި ކުރިއެރުމުގެ އަސާސަކަށް ވާންޖެހޭނީ މަދު ބަޔަކަށް މަންފާކުރާ ހީލަތްތެރި ވިޔަފާރީގެ މުއާމަލާތްތަކާއި ދޯހަޅި އަދި ދަރަނިވެރިވެފައިވާ އިގުތިސާދަކާއި އަދުލު އިންސާފް ގެއްލި ނަހަމައިން ނޫން ގޮތަކަށް ކަންކަން ހިންގޭނެ އެއްގޮތެއް ވެސް ނޯންނަ އުސޫލުތަކެއް ނޫން،" އެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ކުރިމަތިވި ސުނާމީއާ ގުޅިގެން ރައްޔިތުން ދައްކައިދިން އެއްބައިވަންތަކަމުގެ ހަނދާންތައް އާކުރާއިރު ގައުމަށް މިއަދު ކުރިމަތިވެފައިވާ ހާލަތާ މެދު ވިސްނައި ފިކުރުކޮށް މުސްތަގުބަލައްޓަކައި އަމާން އަލިމަގެއް ހޯދުމަކީ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ މައްސޫލިއްޔަތެއް ކަން އިމްރާންގެ މެސެޖްގައި ހަނދާން ކޮށްދެއްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް