ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 23:10
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ގޫގުލް
ސިޔާސީ ފަރާތްތައް
ވާދަވެރި ސިޔާސީ ފަރާތްތައް ވަނީ އެކުވެރިކަމުގެ ކަމަރަކުން ބަނދެވިފައި: ރައީސް ނަޝީދު
މިހާރު ރާއްޖެ މިއޮތް ހާލަތުން އަރައިގަތުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވޭ
ފްރީ ޓްރޭޑް އެގްރީމަންޓުގެ ނުރައްކާ އިތުރަށް ބޮޑުވެގެން ދަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ހުރަސް އަޅާތީ
އަޅުގަނޑުމެންގެ އަމާޒަކީ ރައީސް ޔާމީން ބަލިކުރުން

ވާދަވެރި ސިޔާސީ ފަރާތްތައް ވަނީ އެކުވެރިކަމުގެ ކަމަރަކުން ބަނދެވިފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެއްބައިވަންތަކަމުގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި އޯޑިއޯ މެސެޖެއް މެދުވެރި ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައި ދެއްވުން ކަމަށާއި އުންމީދު ކުރައްވަނީ ކޮންމެ ދިވެއްސަކީވެސް ހަލާލު މަސައްކަތުން އެމީހުންގެ އާއިލާ ގޮވައިގެން އުޅެވޭނެ ފަހްރުވެރި ދިވެއްސަކަށްވުން ކަމުގައެވެ.

ޗައިނާއެކު ގާއިމުކުރެވުނު ފްރީ ޓްރޭޑް އެގްރީމަންޓުގެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެ އެގްރީމަންޓުގެ ނުރައްކާ އިތުރަށް ބޮޑުވެގެން ދަނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ހުރަސް އަޅާތީ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައީސް ޔާމީން ބަލިކުރުން. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. އިރާދުކުރެއްވިއްޔާ މި ދިވެހިރާއްޖެ ގެއްލުނަކަ އަޅުގަނޑުމެން ނުދޭނެ. އަޅުގަނޑުމެން މި ދިވެހިރާއްޖެ ހޯދާނަން. ދިވެހިންނަށް ދިވެހިރާއްޖެ ލިބޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

 މީގެ އިތުރުން ރައީސް ނަޝީދު ވަނީ ހުރިހާ ދިވެހިން އެއްބައިވަންތަވުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެން މި ތިބީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި. މިއަދު އަޅުގަނޑުމެންނަށް ހަރާބުގެ މަގު ހިޔާރުކުރެވެން އެބައޮތް ނުވަތަ ޑިމޮކްރޮސީގެ ރިވެތި އުސޫލުގައި އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކޮށް އުފާވެރިކަމަށް ދިވެހިންނަށް ދެވެން އެބައޮތް" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު ރާއްޖެ މިއޮތް ހާލަތުން އަރައިގަތުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

 

  

- ކޮމެންޓް
27 ޑިސެންބަރ 2017 | ބުދަ 06:47
ހަސީ
Bala aharamen mithibee aharamenge raajjey ga ey aharamen nuthibemey aruvaalevugen maibadha bindhifa hurimeehaku kolhanuhurevey iru kihine gaumu kolhanagaanee aharamen beynumennoon