ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 16:49
އެކްސިޑެންޓްގައި އަނިޔާވި މީހުން އެމްބިއުލާންސަށް އަރުވަނީ
އެކްސިޑެންޓްގައި އަނިޔާވި މީހުން އެމްބިއުލާންސަށް އަރުވަނީ
އައްޑޫ ލައިވް
ައައްޑޫ އެކްސިޑެންޓު
އައްޑޫ އެކްސިޑެންޓުގައި އަނިޔާ ލިބުނު ކުޑަ ކުއްޖާ މަރުވެއްޖެ
މަރުވީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއް
އުމުރުން ދުވަސްވީ މީހަކަށް މިހާރު ވެސް ދަނީ ފަރުވާދެމުން
އެކްސިޑެންޓްވީ ސައިކަލަކާއި އެވަޔަރަމެންޓް މިނިސްޓްރީގެ ޕިކަޕެއް ޖެހިގެން

އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު ކުޑަ ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ހެނދުނު ސައިކަލަކާއި ޕިކަޕެއް ޖެހި އަނިޔާލިބުނު ފިރިހެން ކުއްޖާ މަރުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން ދަނިކޮށްށެވެ. އެ ހޮސްޕިޓަލުން ބުނީ މަރުވީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި ދެ މީހުންނަށެވެ. 

ސައިކަލްގައި އިން އަނެއް މީހާ އަށް ވެސް ދަނީ ފަރުވާ ދެމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް