ލިބިފައިވާ މުއްސަނދިކަމާއި ލިބިފައިވާ ހުރިހާ ފައިސާއަކީ މާތް ﷲ ދެއްވި ރިޒްގުގެ ސަބަބުން ލިބިފައިވާ މުއްސަނދި ކަމެއް ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާ މެމްބަރު އަލީ ނިޒާރު އެކަމަށް ރައްދު ދެއްވައިފިއެވެ.
ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ނ. ހެނބަދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބު ކުރައްވައި ރައީސް ޔަމީން ވިދާޅުވީ، އެމަނިކުފާނު މުއްސަނދިވެވަޑައިގެންފައިވަނީ ﷲ ދެއްވި ރިޒުގުގެ ސަބަބުން ކަމަށެވެ. މީގެކުރިން އަމާޒުވާ އެންމެ ބޮޑު އެއް ބަހަކީ އެމަނިކުފާނަކީ މި ގައުމުގެ ބޮޑު މުއްސަންޖެއް ކަމަށް ބުނާ ބުނުން ކަމަށް ވިދާޅުވިއެވެ. އެއީ ނާޖާއިޒް ގޮތުގައި ހޯދާފައިވާ ފައިސާ ކަމަށް ބައެއް ފަރާތަކުން ތުހުމަތު ކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅަށް އިޝާރާތް ކުރައްވައި އަލީ ނިޒާރު ވިދާޅުވީ މީހުން މުއްސަނދި ވަނީ ވިޔަފާރިން ނުވަތަ އާއިލީ ގޮތުން ވާރުތަވާ މުދަލުން ކަމަށެވެ. ރައީސް ޔާމީންގެ އާއިލާގައި މުއްސައްޖެއް ނެތްކަން ފާހަގަ ކުރައްވަމުން އަލީ ނިޒާރު ވިދާޅުވީ ރައީސް ޔާމީން މާވަހަރެއް ހޮއްވެވި ޚަބަރެއް ލިބިފައި ނުވާ ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.
"މުއްސަނދި ވަނީ ވިޔަފާރިން، ނުވަތަ އާއިލީ ގޮތުން ވާރުތަވާ މުދަލުން، މީނާގެ އާއިލާގައި މުއްސަންޖެއް ނެތް، މާވަހަރެއް ހޮވި ޚަބަރެއް ނެތް، ދެއްތޯ ؟ އަމިއްލައަށް ބޭޒާރުވާ މީހެއް" އަލީ ނިޒާރު ވިދާޅުވިއެވެ.
Mussadhi vanee Viyafaarin , nuvatha Aailee gothun vaarutha vaa mudhalun. Meenage Aailaa aku mussanjei nei. Maavaharei hovihabarei nei. Dheno?. Amilla ah beyzaaru vaa meehei. https://t.co/jV3kXHjirq
— Ali Nizar (@DhekunuNizar) December 25, 2017