ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 16:57
ހަތަރު ލީޑަރުންގެ މެސެޖާ އެކު ހާއްސަ ޕެނަލް ޑިސްކަޝަނެއް މިރޭ
ހަތަރު ލީޑަރުންގެ މެސެޖާ އެކު ހާއްސަ ޕެނަލް ޑިސްކަޝަނެއް މިރޭ
ޓްވިޓަރ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ހަތަރު ލީޑަރުންގެ މެސެޖާ އެކު ހާއްސަ ޕެނަލް ޑިސްކަޝަނެއް މިރޭ!
ޕެނަލް ޑިސްކަޝަން ކުރިއަށްދާނީ ރޭގަނޑު 09:30 ގައި
ޕެނަލް ޑިސްކަޝަން ކުރިއަށްދަނީ "އެއްބައިވަންތަކަން" ނަމުގައި

އެއްބައިވަންތަކަމުގެ ނަމުގައި ހާއްސަ ޕެނަލް ޑިސްކަޝެނެއް ބޭއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމައިފިއެވެ.

ރާއްޖޭގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހިނގައިދިޔަ ސުނާމީ ކާރިސާއާ ގުޅިގެންނެވެ.

މި ދުވަހާ ގުޅިގެން "އެއްބައިވަންތަކަން" މި ނަމުގައި ކުރިއަށްގެންދާ ހަރަކާތަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރުން ކަމުގައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާމް އަބްދުﷲގެ މެސެޖާ އެކު ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަނެކެވެ.

މި ޕެނަލްގައި ރައީސް މައުމޫންގެ މެސެޖު އިއްވަވާނީ ދަރިކަނބަލުން ޔުމްނާ މައުމޫން މެދުވެރިކޮށެވެެ. ރައީސް ނަޝީދުގެ މެސެޖު ދެއްވުމަށް ހަމަޖެހިފައި ވަނީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފެވެ. އަދި ގާސިމްގެ މެސެޖު ދެއްވަނީ ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސައިން ރަޝީދު މެދުވެރިކޮށެވެ. މީގެ އިތުރުން އިމްރާނުގެ މެސެޖު ދެއްވާނީ އަދާލަތު ޕާޓީގެ ޚާރިޖީ ކޮމެޓީގެ މެމްބަރު ޝިދާތާ ޝަރީފު އެވެ.

ޕެނަލް ފެށުމަށް ހަމަޖައްސާފައި ވަނީ 9:30 ގައެވެ. 

- ކޮމެންޓް
26 ޑިސެންބަރ 2017 | އަންގާރަ 18:39
ހ މ ޒ
ރައީސް މިއަދު ވެސް ވަނީ އެހެން ދީނަކަށް ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. ރައީސް ވިދާޅުވީ އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ތާއިދު ކުރާ ޕާޓީއަކަށް ޖާގަ ދީގެން ނުވާނެ ކަމަށެވެ.
26 ޑިސެންބަރ 2017 | އަންގާރަ 18:37
ހ މ ޒ
އިސްލާމްދީން ގައުމުގައި ދަމަހައްޓާ ލީޑަރެއް ހޮވާނަމަ ހޮވަން ޖެހޭނީ ރައީސް ޔާމީން !